Sunday, March 2, 2014

Paragraph Liyan Dhaskuraane Usooleh

މަޒުމޫނު ލިޔުން
އާދަމްޒާހިރު (ކުރޮޅި)
ރަށްގިރުން
* މައިގަނޑު ލިޔުމަށް ބޭނުންވަނީ ގާތްގަނޑަކަށް މުޙިއްމު ބާރުގަދަ 5 ނުކުތާއެވެ. އެހެންވީމާ ތިރީގައިވާ 5 ގޮޅީގައި 5 ނުކުތާ ނޯޓްކުރުވާށެވެ. މިނުކުތާތައް ނޯޓްކުރުވާއިރު މުދައްރިސާއި ކުދިން މަޝްވަރާކޮށް މައިގަނޑުނަމާއި އެންމެގުޅޭނެ ކަމަށް ފެންނަ ނުކުތާ އެންމެކުރިޔަށް ލައިގެން ނޯޓްކުރުވާށެވެ. ޕޮއިންޓްތައް ނޯޓްކުރުމަށްފަހު ފަހުން ތަރުތީބުކުރާގޮތްވެސް ހެދިދާނެއެވެ. (މި މަސައްކަތް ކުލާސް ގުރޫޕްކޮށްގެންވެސް ކުރިޔަށް ގެންދެވިދާނެއެވެ.) މިސާލު:

1- ރަށްގިރުމަކީ ކޮބާ؟
2- ރަށްގިރުމަށް މެދުވެރިވާ ސަބަބުތައް
3- ރަށްގިރުން ތިމާވެށީގެ މައްސަލައަކަށްވާ ސަބަބު
4- ރަށްގިރުމުން އާންމު ގޮތެއްގައިދިމާވާ މައްސަލަތައް
5- މިކަމުގެ ޙައްލު

މިނޫން މައިގަނޑު ޕޮއިންޓްތައްވެސް ހޯދިދާނެއެވެ.

* ހޮވިފައިވާ ނުކުތާތަކުން ކޮންމެ ނުކުތާއަކަށް މައިގަނޑު ޖުމްލައެއް ލިޔާށެވެ.

* މިހާރު ލިޔެވިފައިވާ މައިގަޑު ކޮންމެ ޖުމްލައަކަށް ބަރުދޭ 4 ޖުމްލަ ލިޔާށެވެ.

* ކަނޑައަޅާފައިވާ މައިގަނޑުނަމަށް ވަރަށްރީތި ފެށުމެއް (5 ޖުމްލައިގެ) ލިޔާށެވެ.

* މިހާރު މުޅިމަޒުމޫނު ރާވާލަން އެނގޭނެއެވެ. ފެށުމާއި މައިގަނޑު އޮންނަންޖެހޭގޮތް ރާވާލުމުން ދެންއޮންނާނީ މަޒުމޫނުގެ ނިންމާ ހިސާބަށް އާދެވިފައެވެ. އެހެންވީމާ ކުރިންދެއްކި ވާހަކަތަކަށް އަލިއަޅުވާލާފައިވާ މުޙިއްމު 5 ޖުމްލަ ތައްޔާރުކޮށް ޕެރެފުރާފެއްގޮތަށް ލިޔާށެވެ. މިބައިގައިވެސް އެއްޖުމްލަ އަނެއްޖުމްލައާއި ގުޅުވުމަށްޓަކައި ބޭނުންކުރާ އަކުރުތައް ނުވަތަ ބަސްތައް ބޭނުންކުރުމަށް ބާރުއަޅާށެވެ.

ގުޅުވައިދޭ ބަސްތައް ނުވަތަ އިބާރާތްތައް:
މިކަމަކީ، އެހެންކަމުން، ކަންމިހެން އޮތުމާއެކު، ވީމާ، އެހެންނަމަވެސް، ނުވަތަ، އެހެނީ، އަދި، ދެން، ވެސް، ފިޔަވައި، ނަމަ، ނަމަވެސް، ނޫނީ.   

ޖުމްލަ:
ޖުމްލައަކީ ފުރިހަމަ މާނައެއް ދޭހަވާގޮތަށް އަތުރާލެވިފައިވާ ބަސްތަކެކެވެ. މިސާލު: މަދަރުސާއަކީ ކިޔަވަންދާ ތަނެއެވެ.
ބަޔާން:
      މީހަކަމެދު، އެއްޗަކާމެދު، ތަނަކާމެދު، ވަގުތަކާމެދު، ނުވަތަ ކަމަކާމެދު އެއްޗެއް އަންގައިދިނުމަށް ބުނާ ބުނުމެކެވެ.
ސުވާލު:
      ކަމެއް އޮޅުންފިލުވުމުގެ ގޮތުން އަހާ އެހުމެކެވެ.
އަމުރު
      ކަމެއްކުރުމަށް ނުވަތަ ނުކުރުމަށް އެންގުމުގެ ގޮތުން ބުނާނުނުން

ޕެރެގުރާފް
ޒަމާނުއްސުރެ ދިވެހިންނަކީ ރީތިއާދަތަކަށް ލޯބިކުރާ ބައެކެވެ. އަދި އެއާދަތަކަށް ދަރިން ތަރުބިއްޔަތު ކުރުމަށް ނުހަނު ބާރުއަޅާ ބައެކެވެ. އެހެނީ ރިވެތި އަޚުލާޤެއްގެ ބަޔަކު އުޅޭ މުޖުތަމަޢަކަށް ހެދުމަށް އެމީހުން ލޯބިކުރެއެވެ. މިގޮތުން އެބައިމީހުންގެ ޢާއްމު ދިރިއުޅުމުގެ ހުރިހައި ކަމެއްގައިވެސް އެންމެރީތި ގޮތުގައި ހިފޭތޯ ގަދައަޅާ މަސައްކަތް ކުރެއެވެ.

މައިގަނޑު ޖުމްލަ: ޒަމާނުއްސުރެ ދިވެހިންނަކީ ރީތިއާދަތަކަށް ލޯބިކުރާ ބައެކެވެ.
ބާރުދޭ ޖުމްލަ: އެއާދަތަކަށް ދަރިން ތަރުބިއްޔަތު ކުރުމަށް ނުހަނު ބާރުއަޅާ ބައެކެވެ.
ބާރުދޭ ޖުމްލަ: ރިވެތި އަޚުލާޤެއްގެ ބަޔަކު އުޅޭ މުޖުތަމަޢަކަށް ހެދުމަށް އެމީހުން ލޯބިކުރެއެވެ.
ބަރުދޭ ޖުމްލަ: އެބައިމީހުންގެ ޢާއްމު ދިރިއުޅުމުގެ ހުރިހައި ކަމެއްގައިވެސް އެންމެރީތި ގޮތުގައި ހިފޭތޯ ގަދައަޅާ މަސައްކަތް ކުރެއެވެ.
މައިގަނޑު ޚިޔާލު: ދިވެހިންގެ އާދަ

ތިރީގައިއެވަނީ ޕެރެގުރާފެއްގެ ޖުމްލަ ތަކެކެވެ. އެ ޖުމްލަތަކުން މައިގަނޑު ޖުމްލައާއި ބާރުދޭ ޖުމްލަތައް ވަކިކޮށްދޭށެވެ. އަދި ޕެރެގުރާފް ލިޔާށެވެ. އަދި ޕެރެގުރަފަށް މައިގަނޑު ނަމެއް ދޭށެވެ.  

ހ- ތިމާގެ ވަށައިގެން ވާހާތަންތަނެއެވެ.
ށ- މި ތަކެތީގެ މައްޗަށް އެކުލެވިގެންވާ ވެއްޓެވެ.
ނ- ތިމާވެއްޓަކީ ތިމާ ދިރިއުޅޭ މާޙައުލެއެވެ.
ރ- ޤައުމެއްގެ ނިސްބަތުން އެޤައުމެއްގެ އެއްގަމާއި ކަނޑާއި ވަޔެއެވެ.


"ފެން" މި މައިގަނޑުނަމަށް 10-12 ފޮޅުވަތުގެ ޕެރެގުރާފެއް ލިޔާށެވެ.


No comments:

Post a Comment