Sunday, March 2, 2014

Adhabihyaath Work Sheet Grade 10

އަދަބިއްޔާތު މަސައްކަތް ކަރުދާސް
ގުރޭޑް 10

1-      ތިރީގައިވާ ތިންއަދީބުންކުރެ ކޮންމެވެސް ދެބޭފުޅަކު ޚިޔާރު ކުރާށެވެ. އަދި އެއިން ކޮންމެ ބޭފުޅަކުވެސް ލިޔުއްވާފައިވާ އެއްފޮތާއި އެފޮތުގައި ހިމެނެނީ ކޮންކަހަލަ ވާހަކަތަކެއްކަން ބަޔާންކުރާށެވެ.                        
        (ހ) އައްޝައިޚު މުޙައްމަދު ޖަމާލުއްދީން ނައިބު ތުއްތު.
        (ށ) ފަޟީލަތުއްޝައިޚު ހުސައިން ޞަލާޙުއްދީން.
        (ނ) އަލްއަމީރު މުޙައްމަދު އަމީން.
2-       ލިޔުންތެރިކަމުގެ ތިންވަނަ ދައުރުގައި އުފެދުނު ވާހަކަ ކޮމިޓީން އަތުންލިޔެގެން ނެރުނު މަޖައްލާއަކީ ކޮބައިހެއްޔެވެ؟
3-       ތިރީގައިވާ ލިޔުންކޮޅުގައި ދަށުރޮނގު ދެމައިފައިހުރި ލަފުޒުތައް މިޒަމާނުގެގޮތަށް ބަދަލުކޮށްގެން އަލުން ލިޔާށެވެ!
"އަޅުވެތި ވެފައިވާ އިންސާނުންގެ ނަސީބު ވަރަށް ދެރައޫއެވެ. ޔަޢުނީ އެއިން މީހެއްގެ ގެދޮރެއް ނުހުރޭމެއަ. އަމިއްލަ މުދަލެއް ނުމެހުރޭމެއަ. މާތުރަ އެންމެ ކުޑަވެގެން ތިމާގެ ފުރާނައާއި ހަށިގަނޑަކީވެސް އެހެންމީހެއްގެ މުދަލަށް ވެފައިހުށިމެއަ.        
4-      އާއްމު މަޢުޟޫއަށް ވާހަކަ ދައްކައި، ބަޙުޘް ކޮށް އުޅެން ފެށުނީ ލިޔުންތެރިކަމުގެ ކޮންދައުރެއްގައި ހެއްޔެވެ؟  
5-      ތުޙުފަތުލް ވުލާތު ލިޔުއްވީ ކޮންބޭފުޅެއް ހެއްޔެވެ؟ އަދި އެފޮތް ލިޔުއްވި ބޭނުންފުޅަކީ ކޮބައިހެއްޔެވެ؟        
6-      ސިއްކަމޮހޮރީ އެވެކިއުނު ރައިވަރުފޮތް ހެއްދެވީ ކޮންބޭފުޅެއް ހެއްޔެވެ؟                         
7-      ތިރީގައިވާ ލިޔުންތެރި ކަމުގެ ރޮނގު ތަކުގެ ތެރެއިން ކޮންމެ ރޮނގަކުން ޞަލާހުއްދީން ލިޔުއްވާފައިވަ ލިޔުއްވުމެއްގެ މިސާލެއް ދޭށެވެ.                                                                 
-          ޙަޤީޤީ ވާހަކަ
-          ތަރުޖަމާ
-          ޚިޔާލީވާހަކަ
8-      މުޙައްމަދު ޖަމީލު ދިވެހި އަދަބަށް ކޮށްދެއްވާފައިވާ ދެޚިދުމަތެއްގެ ނަން ބަޔާންކުރާށެވެ!               
9-       ކުރީގެ ލިޔުންތެރިންގެ ޢިބާރާތްތަކާއި މުޙައްމަދު އަމީނުގެ ޢިބާރާތްތަކާ ހުރި ތަފާތު ކަންތައްތަކަކީކޮބާ؟     
10-  ދިވެހި އަދަބީތާރީޚުގެ އެއްދަޢުރުން އަނެއްދައުރަށް ބަދަލުވާން ދިމާވި މައިގަނޑު ސަބަބުތަކަކީ ކޮބައިހެއްޔެވެ؟                                          
11-  ހުތްއަލިދީދީ ފަހަގަކުރެވެނީ ކޮންގޮތަކުން ހެއްޔެވެ؟                     
12-  5- ބަނޑޭރި ހަސަންމަނިކުފާނު ލިޔުއްވި ދެރައިވަރު ފޮތަކީކޮބާ؟               
13-  "ސައްޔާހެއްގެ ޔައުމިއްޔާއިން ގަނޑެއް" މިއީ ދިވެހި އަދަބިއްޔާތުގެ ކޮންބާވަތެއްގެ ލިޔުމެއް ހެއްޔެވެ؟ 
14-  އަޙުމަދު ކާމިލުދީދީ ފާހަގަ ކުރެވިފައިވަނީ އަދަބުގެ ކޮންކޮން މަސައްކަތެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައި ހެއްޔެވެ؟                                                                 
15-  ތިރީގައިވާ ލިޔުންކޮޅަކީ ކޮންދައުރަކަށް ފެތޭ ލިޔުން ކޮޅެއް ހެއްޔެވެ؟ އަދި އެއީ ކީއްވެހެއްޔެވެ؟     
16-  "ސަލާމާއި ޞަލަވާތް ލެއްވި ކައުއިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ބަކަރިއަކީ ބަރަކާތްތެރި އެއްޗެކެވެ. ޖަމަލަކީ އޭގެ އަހުލުވެރިންނަށް ޢިއްޒަތްތެރި ކަމެކެވެ. އަދިވެސް ބަކަރިއާއިމެދުގައި ޙަދީޘް ކުރެއްވިއެވެ. ބަކަރިއަކީ ދުނިޔެއުޅުމަށް މުދަލެއް ކަމުގައިވާ އެއްޗެކެވެ. އެއިގެ ކެހެރިއަކީ ރަނގަޅު ފޭރަމެކެވެ."
17-  "ހަރުދަނާ އިންސަނަކީ ކޮންމެވެސް ކަހަލަ ޚިދުމަތެއް މުޖުތަމަޢަށް ދޫކުރާ ޝަޚުޞިއްޔަތެކެވެ." މިބުނުން މުޙައްމަދު ޖަމީލުދީދީގެ އަދަބީ ޚިދުމަތްތަކުން ސާބިތުކޮށްދޭށެވެ؟                                
18-   މަތީގައިވަ ލިޔުންކޮޅަކީ އަދަބުގެ ދެވަނަ ދައުރުގެ ލިޔުންކޮޅެކެވެ. މިހާރުގެ ލިޔުންތެރިކަމާއި މިލިޔުންކޮޅު ތަފަތުވެފައި ވަނީ އޭގައިވާ ކޮން ސިފަތަކަކުން ހެއްޔެވެ؟
19-  އަދަބީ ލިޔުއްވުންތެރިން ދެކެލައްވާގޮތުގައި ޢިބާރާތް ކުރުމުގެ ބަސްމަގަށް މިޒަމާނުގެ ކުލަވަރު އަންނަން ފަށާފައިވަނީ ކޮން ލިޔުއްވުންތެރިއެއްގެ ލިޔުއްވުން ތަކަކުން ހެއްޔެވެ؟            
20-  އެދުރުޢުމަރު މާފަތް ކަލޭގެފާނު ލިޔުއްވި ފޮތެއްގެ ނަންބަޔާންކުރޭ!             
21-   ބަނޑޭރި ހަސަން މަނިކުފާނަކީ ލިޔުއްވުންތެރިކަމުގެ ކޮން ދަޢުރެއްގައި އުޅުއްވި އަދީބެއް ހެއްޔެވެ؟ 
22-  ވާހަކަ ކޮމިޓީގެ ފަރާތުން އަތުންލިޔެގެން ނެރެވުނު މަޖައްލާއަކީ ކޮބައިހެއްޔެވެ؟     
23-  ބަނޑޭރި ހަސަން މަނިކުފާނު ލިޔުއްވި ދިޔޯގެ ރައިވަރަކީ ކޮންކަހަލަ ފޮތެއް ހެއްޔެވެ؟ 
24-  ތިރީގައިވާ ޢިބާރާތް މިޒަމާނުގެ ގޮތަށް ބަދަލުކޮށްގެން ލިޔާށެވެ!             
25-  "އަޅުވެތިވެފައިވާ އިންސާނުންގެ ނަސީބު ވަރަށް ދެރައޫއެވެ. ޔައުނީ އެއިންމީހެއްގެ ގެދޮރެއް ނުހުރޭމެއަ. އަމިއްލަ މުދަލެއް ނުމެހުރޭމެއަ. މާތުރަ އެންމެކުޑަވެގެން ތިމާގެ ފުރާނައާއި ހަށިގަނޑަކީވެސް އެހެން މީހެއްގެ މުދަލަށްވެފައި ހުށިމެއަ."


1 comment:

  1. Titanium Iron: How to Make a Tilt in a Surgery - TITNIA
    TITNIA. garmin fenix 6x pro solar titanium In used ford edge titanium this case, you use a tilt to create a tilt. These tilt is a titanium blue popular method for building a turt that can does titanium have nickel in it be used as womens titanium wedding bands a tool to

    ReplyDelete