އެސް.އެސް.ސީ އިމްތިޙާނަށް ތައްޔާރުވުން
ގުރޭޑް 10 ގެ ދަރިވަރުންގެ ފޮތުން ނަގާފައި
ގުރޭޑް 10
ދިވެހިބަހުގެ އެހާރާއި މިހާރުގެ
މައްޗަށް ބަލައިލުމެއް
ދިވެހިބަހުގެ މިއަދުގެ ޢިބާރާތްތަކަށް ވިސްނާލާއިރު ދިވެހި
ކާބަފައި އަދީބުން ލިއުއްވައި އުޅުއްވި ޢިބާރާތާ މިހާރުގެ ޢިބާރާތްތަކާ
ވަރަށްބޮޑަށް ތަފާތުކަން ފާހަގަ ކުރެވެއެވެ. އެއީ އެކަން ވާގޮތެވެ. ވާނެވެސް
ގޮތެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މިކަންތައް އޮންނަނީ މިހެންނެވެ. ތަނެއް
ކުރިއަރައި މޮޅުވަމުން ދިޔަވަރަކަށް އާކަންތައްތައް އުފެދި، ބޭނުންތައް
އިތުރުވާނެއެވެ. އެއާ ގުޅިގެން އާބަސްތައް އުފެދި ޢިބާރާތްތައް އެގޮތްގޮތަށް
ބަދަލުވަމުން ދާނެއެވެ.
މިއަންނަ ބަދަލުތައް ދިރާސާ ކުރުމަކީ، ނުހަނު
ބޭނުންކަމަކަށް ވާތީ ކުރީގެ ލިޔުންތަކުގެ ބައެއް މިސާލު ހުށަހަޅައިލަމެވެ. އެންމެ
ފުރަތަމަ މި ލިޔެލަނީ ޗާޕްނުވެ އޮތް ދެ ލިޔުމެކެވެ.
"އަދިރިރެއަށް... ހަރުހަނަމަތީ... ކަޅުހިނިހެލޭ ހިލަވަޅަށް
ދާންދެން... އެންމެހައި ކަމެއް ދަންނަ... ފަދަ އެއްނެތް ހަކިބައިންހުސް...
އެއްޗެއް ނުއުފަންނަ... އެއްޗަކަށް ނުމެ އުފަންނަ... އަރާއަރަފޯދޭ ކޮންމެ
އެއްޗެއް ނެތް... އެއްދޭވަތާއިންގެ ކަށުކުޅަދާނަ ޢިއްޒަތްތެރި ކަމުގެ
ބޮޑުކަމުން... ތިމަންސުވާމީންގެ ކައުކަންފުޅު ކުރެއްވުމަށް ރުއްސަވައި...
ޢާލަމުލް ވުޖޫދު ހައްދަވައި މި ހެއްދެވިހައި ތަކެއްޗަށް މަގުދައްކަވާން ރަސޫލުން
ފޮނުއްވަވައި... މި ބޭކަލުން އައްނަބީ ސައްޔިދުލް މުރުސަލީން ވަރަސޫލު ރައްބިލް
ޢާލަމީން މުޙައްމަދު z މިވަނަ
އިތުރު ނަބިއްޔާ ފުރަސިތުރަ މައްކާއިން... ހުބަހިރިޔާ ޠައިބަތުން"
|
މި ޢިބާރާތްތަކަށް ވިސްނާލާއިރު ޢިބާރާތްތަކުގެ ދިގުކަން
ފާހަގަ ކުރެވެއެވެ. ހަމަ އެފަދައިން ނުދަންނަ ބޯދާ ބަސްތައް ހުރިލެއް ގިނަކަންވެސް
ފާހަގަ ކުރެވެއެވެ.
ބައެއް
ބަސްތަކުގެ މާނަ
ހަރުހަނަ:
ހަރުފަސް އަރާއަރަފޯދަ: ހަމަހަމަކޮށްލެވޭ
ހެލޭހިލަވަޅު:
ހިރޭހިރުން އެއްދޭވަތައިންގެ: އެއްކައުވަންތަ ކަލާނގެ
ފަދައެއްނެތް:
މިސާލެއްނެތް ކައުކަން: މާތްކަން
ހަކިބައިންހުސް:
ހަފަރާތުންހުސް ފުރަސިތުރަ: ގަދީމީ އިތުރު
ނުއުފަންނަ:
ނުވިހާ ހުބަހިރިޔާ: މަތިވެރިކަމުގެބާރު އެކުލެވިގެންވާ
|
މިއީ
"ހުކުރު މިސްކިތުގެ ގޯތި ތެރޭގައި މުޡުހަރުއްދީން އަޅުއްވާފައި ހުއްޓާ އެނދި
މިސްކިތުގެ ބޯގަ" އިން ނަގާފައިވާ ޢިބާރާތް ކޮޅެކެވެ. މި ޢިބާރާތްތަކަށްވުރެ
ކިޔާލަން މާފަސޭހައެވެ. ބޯދާ ބަސްތައް މަދެވެ. ނަމަވެސް ޢިބާރާތް ކުރުމުގައި
ގެންގުޅެފައިހުރީ ކުރީގެ ޢިބާރާތް ތަކެކޭވެސް އެއްފަދައިން ނުހަނު ދިގުކޮށެވެ.
ބިސްމިއާއި ޙަމްދު ޞަލަވާތަށްފަހު ފެއްޓެވީ މިހެންނެވެ. "ވަބަޢުދު
މިއަށްފަހު ދަންނައެ، ކޮލީނަންފުޅަށް މުޡުހަރުއްދީން އެވެ ކިއުނު އަހަރުމެންގެ
ސާހިބާ އިބުރާހީމް އިސްކަންދަރު ރަދުން ނަސީބުފުޅު އަރާހުރި އަހަރުމެންގެ ސާހިބު
ބޮޑު އިސްކަންދަރު ރަދުން ބިނާކުރެއްވި ހުކުރު މިސްކިތް ޤިބުލަނޫން ފަރާތަށް
ހުއްޓަތީވެ ދެކެވަޑައިގެން ފިކުރުފުޅު ކުރައްވައި ބައްލަވައި ދަލީލުތައް
ނެރުއްވައި ގަދަ އަޅުއްވައި އެރަދުންނަށް ފެނިވަޑައިގަންނަވާ ގޮތާއި އެއްގޮތް
ކުރައްވައިފިހިދު އެމިސްކިތުގެ ކައިރީގައި އެމިސްކިތްހުރި ސިފައަށް އެމިސްކިތާ
ދިމާގައި އެމިސްކިތުގެ މިސާލުގެ މައްޗަށް މިސްކިތެއް ބިނާ ކުރައްވަން ނިޔަތްފުޅު
ލައްވައި ޤިބުލައަށް ތަރަހަ ބަހައްޓަވައި ބިނާކުރައްވައި އިބަދެކޭ ފަދައިން
ބިނާތައް ފުރިހަމަ ކުރައްވައިފިއެވެ.
|
ދެން ޗާޕްވެފައި ހުރި ލިޔުންތަކުގެ ތެރެއިން އެންމެ ކުރީގެ
ޢިބާރާތް ކޮޅަކަށް އަޅުގަނޑަށް ފެންނަންއޮތީ، ހާޖީ އެދުރުކަލޭފާނުގެ، އާދެ
އައްޝައިޚު އަޙުމަދު ޙާޖީ އެދުރު ކަލޭގެފާނުގެ ފޮތުގައިވާ ޢިބާރާތް ކޮޅެކެވެ. އެއީ
ތުޙުފަތުލްވުލާތު ފިލްއަޒުކާރި ވައްދަޢުވާތު އޭ ކިޔޭފޮތެކެވެ. މިއީ ދިޔަމިގިލީ
މުޙައްމަދު ޢިމާދުއްދީން ރަދުންގެ ފުތް އިބުރާހިމް ރަދުންނަށް އޭނާ
އެކުލަވައިލެއްވި ޛިކުރުތަކައި ދުޢާތަކެއްގެ މައްޗަށް އެކުލެވިގެންވާ ފޮތެކެވެ.
މިފޮތް ލިޔުއްވީ، 1133 ހިސާބުގައެވެ. އެދުވަސްވަރަކީ ތަޢުލީމީގޮތުން ހަމައެކަނި
ދީނީ ތަޢުލީމަށް ތަރުޙީބު ދެމުން އައި ދުވަސްވަރެކެވެ. ވުމާއެކު، ކުރިންވެސް
ދެންނެވި ފަދައިން އެފޮތުގައިވެސް ވަނީ ދުޢާތަކާއި ޒިކުރުތަކެވެ. މިފޮތް
އަމީރިއްޔާ ޗާޕްޚާނާއިން ޗާޕްކުރެވިފައިވަނީ 1350ހ. ވަނަ އަހަރުގައެވެ. ދެން
މިފޮތުގެ ޢިބާރާތްކޮޅެކެވެ.
ހިތާއި ދުލުން ޒިކުރު ކުރެވޭހުށި، ހިތާއި ދުލުން އެއްކޮށް ޒިކުރު ކުޅައިން
އިތުރެވެ. އެންމެހައި ހަލާލު ކަންތައް ކުޅައުމަށްވެސް ޒިކުރޭ ކިޔޭހުށި. ހަމަ
ތަސްބީހަ، ތަހުލީލު، ތަޙުމީދު، ތަކުބީރު ފަދަ ކަންތައް ނޫނަސް މިބުނި ކަންތައް
ކުޅައުމުގައިވެސް އެސުވާމީންގެ ރަސްކަން ފުޅައްޓަކައި އެކަލާންގެ ޙަލާލު
ކުރެއްވި ކަންތައް ކުޅައުމާއި، ޙަރާން ކުރެއްވި ކަންތަކުން ދުރުވެގަތުމުގެ
ނިޔަތް ގަތްނަމަ އެކަމަށް ޘަވާބު ލިބޭހުށި. އެކަމަށް ޒިކުރޭ ކިޔޭ ހުށިމެއަ.
މާތުރަ އެސުވާމީންގެ ރަސްކަންފުޅަށް ބިރުވަތައި އެސުވާމީންގެ ރަސްކަންފުޅު
ހަނދާންކޮށް ކޮށް ހުރުމީ ޘަވާބުބޮޑު މޮޅު އިތުރު ޒިކުރެކެވެ.
|
ޢިބާރާތް ކޮޅަށް ވިސްނާލާއިރު ޖުމްލަތަކުގެ ނިމުންހުރީ
"ހުށި" "މެއަ" މިކަހަލަ ގޮތަކަށެވެ. އެއީ، އަޅުގަނޑުމެން
ހުއްޓެވެ. މިގޮތަށް ލިޔެއުޅޭ ބަހެވެ. މެއަ، މިއީ އެވެ. މިގޮތަށް ހުއްޓުން
ގެންގުޅުނީވެސް ތަންކޮޅެއް ކުރީންނެވެ. މިސާލަކަށް އެފަދަ މީހަކު ދުންފަތުގެ
އިސްތިއުމާލުން ދުރުހެލިވުން ހުއްޓެވެ. އަދި ޖުމްލަކޮށް ޞިއްޙަތަށް ގެއްލުންހުރި
ކޮންމެ ކަމަކުން ދުރުހެލިވުން ހުރިމެއެވެ. ދެން މިޢިބާރާތުން އެ ބައްދަލުވާ އާބަސް
"މާތުރަ" އިގެ މާނައަކީ މިހެނީ، އެގޮތަކީ، ދަންނައެ، މިއެވެ.
ދެންވެސް ފެންނާންއޮތީ ހަމަ ދީނީ ފޮތެކެވެ. ނަމަވެސް
ކުރިން މި ހުޅުވައިލި ކަހަލަ އަތްމައްޗަށް ލުއި ފޮތެއް ނޫނެވެ. ބޮޑު ފޮތެކެވެ.
ފޮތުގެ ނަންވެސް ދޭހަކޮށްދޭ ފަދައިން ބޮޑު ތަރުތީބެވެ. އެހެން ޢިބާރާތަކުން
ދަންނަވާނަމަ ޒުހުރުލް ކަމާލާތި ފީ އަހުކާމިލް ޢިބާދާތި އެވެ. ފިޤުޙު ފޮތެކެވެ.
މިފޮތުގެ މުޞައްނިފަކީ ޢަލީ އެދުރު ތަކުރުފާނެވެ. މިފޮތް ފުރަތަމަ ޗާޕް
ކުރެވިފައިވަނީ 1323ހ. ވަނަ އަހަރުގައެވެ. މިދެންނެވި ބޮޑުތަރުތީބުންވެސް ކުޑަ
ޢިބާރާތްކޮޅެއް ބަލާލަމާ ހިންގަވާށެވެ.
ދެންފަހެ ޠާހިރުކުރާ ތަކެތި ހަތަރެކެވެ. ފުރަތަމައީ ފެނެވެ. ޖަނާބަތު
ފިލުވައިލުމަށް، ނަޖިސް ފިލުވައިލުމަށް ވުޟޫ ކުޅައުމަށް މިއެންމެހައި ކަންތައް
ތަކުގައި ޠާހިރުކުރާ އެއްޗެއް ކަމުގައި ފެން ވެއެވެ. ދެވަނައީ ވެއްޔެވެ.
ތަޔައްމަމް ކުޅައުމުގައި ބަޅު، ގެހުނުތަން ދޮތުމުގައި ވެލި ވެއެވެ. ތިންވަނައީ
ދިބާޣު ކުރާ ތަކެއްޗެވެ. ހަތަރުވަނައީ ރާހުތަށް ވެއްޖައުމެވެ. މިކަމުގެ
މައުނައިގައި ގޮމަކަސްތޫރި ފުއްލާގެ ލެއި ގޮމަކަސްތޫރިއަށް ފުރޮޅިގެން ދިއުން
ވެއެވެ. މި ބުނެވުނު ބަހުގެ މައުނައީ ނަޖިސްތަކެތީގެ ތެރޭގައި އެނަޖިސްކަން
މަތީގައި ހުރި ހިނދު ހުރި ސިފަނޫން އަނެއް ސިފައަކަށް ފުރޮޅިގެން ދިއުމުން އެތަކެތި
ޠާހިރު ތަކެތި ކަމުގައިވާ ތަކެއްޗެވެ. މިސާލު ރާހުތަށްވުންފަދަ ގޮމަކަސްތޫރި
ފުއްލާގެ ލެއި ގޮމަކަސްތޫރިއަށް ވުންފަދަ ބަޅު އޫރު ނޫން އެހެންދިރޭ ނަޖިހަކުން
ދިރޭ އެއްޗެއް އުފެދިއްޖައުން ފަދަ މިފަހަ ގޮތްގޮތުގައި އެ ފުރޮޅިގެންދާ
ދިއުމުން ނަޖިސްކަން ކެނޑިގެންދާ ކަމަށްޓަކައި ޠާހިރުކުރާ ތަކެތީގެ ތެރެއިން
ހަތަރުވަނަ ކަންތައް ކަމުގައި ފިޤުޙު ވެރިން އެފުރޮޅިގެންދާ ދިއުން
ހައްދަވައިފިއެވެ.
|
ދުވަސްވަރަކީ ޢަރަބި
ތަޢުލީމުގެ ދުވަސްވަރު ކަމަށް ވުމާއެކު މި ލިޔުމުންވެސް ވަރަށްގިނަ ޢަރަބި
ބަސްތައް ފެނެއެވެ. އަދި އިހުގެ ބައެއް ދިވެހި ބަސްވެސް މި ލިޔުމުން
ފެބިވަޑައިގަންނަވާނެއެވެ. މިސާލަކަށް މިދަންނަވާލަނީއެވެ. ފިލަވައިލުން
(ފިލުވައިލުން) ވުޟޫއު ކުޅައުން (ވުޟޫއު ކުރުން) ބަޅު ގެހުނުތަން (ކުއްތާ
ޖެހުނުތަން) ކޮޑިދާން (ކެނޑިދާކަން) މިއީ އެދުވަސްވަރުގެ ލިޔުމުގެ ފާޑު
ހުންނަގޮތެވެ. އަނެއް ނަޒަރަކުން ވިސްނާލާއިރު މި ލިޔުމާއި އެކުވެފައިހުރި ބައެއް
ބަސްބަހަކީ އެ މުޞައްނިފު ހިމެނިފައިވާ ރަށެއްގެ ނުވަތަ އަތޮޅެއްގެ ބަސްބަސް
ކަމުގައި ވުމީވެސް އެކަށީގެންނުވާ ކަމެއް ނޫނެވެ.
އަދި ދެން ފާހަގަކުރެވޭ އަނެއް ނުކުތާއަކީ އެދުވަސްވަރުގެ
ލިއުމުގައި، ދަންނައެ، ދެންފަހެ މިފަދަ ބަސްބަސް އާދަޔާއި ޚިލާފަށް ގިނަ ކަމެވެ.
ދެންނެވުމުގެ ބޭނުމެއް ނޯންނާނޭ ފަދައިން ދަންނައެ މިބަހުގެ މައުނައަކީ ދަންނާށެވެ.
މިއެވެ. ދެންފަހެ، މިއީ ދެން އާއި ފަހެއާއި، އެކުވެގެން އުފެދިފައި އޮތް އަކުރެކެވެ. ފަހެ މިއީ ބަސް
ގަދަ ކުރުމައި، ސަބަބު ބަޔާންކޮށްދޭ ޖުމްލައެއް ގުޅުވާން ބޭނުންކުރެވޭ ބަހެވެ.
ދެން ތަންކޮޅެއް ފަހުގެ ޢިބާރާތް ކޮޅެކެވެ. އާދެ!
އަޅުގަނޑުމެންގެ މެދުގައި މަޝްހޫރު އައްޝައިޚު މުޙައްމަދު ޖަމާލުއްދީން (ނައިބު ތުއްތު)
ގެ ޢިބާރާތްކޮޅެއް ހުންނަގޮތެއް ބަލާލަމާތޯއެވެ. އޭނަގެ މިންޙަތުލް މަންނާނު
ފީޤަވާޢިދު އައްޞަލާޙުލް އަބުދާން މިނަންކިޔާ ޞައްޙަ ފޮތަކުން ނަކަލުކުރެވިފައިވާ
ލިއުން ކޮޅެކެވެ.
އައްމާ ބަޢުދު މިއީ އިންސާނާ ބަލިމަޑުކަމުން ފިއެވި ހަށިގަޑު ސަލާމަތްވެ
ހުންނަ ހިދުގައި ހަށިގަޑަށް ޞުލްޙަ ވެގެންވާ ކަމުގެ ވާހަކަ ނަންގަތް ފޮތެވެ.
މިކަމުގެ ތެރޭގައި އިތުރު ރަސޫލުﷲގެ ފާނުގެ ޙަދީޘްފުޅާއި އަދި ޙިކުމަތްތެރީންގެ
ވަޞިއްޔަތް ތަކާއި ގިނަގުނަ ފޮތްފޮތުގައި ނަންގަނެވިގެން ހުއްޓެވެ. ޞައްޙަވެ
ހަށިގަޑުގެ ޞައްޙަކަން ރައްކައުތެރިވެ ހުންނަނިވި މަގަށް އިންސާނާ ގަދައަޅައި
ގަތުމީ ބޭސްވެރިކަމުގެ ތެރޭގައި މުހުތާޒު ވެގެންވާ އެނެމެބޮޑު ކަމެވެ.
|
މި ލިއުމަށް ވިސްނާލާއިރު ކުރީން މި ނަކަލު ކޮށްލެވުނު
ލިއުމާއި މާބޮޑު ތަފާތެއް ހުރިކަމަކަށް ނުވިސްނެއެވެ. ބައެއް އައު ބަސްތައް
އެބަހުއްޓެވެ. ޢިބާރާތްތައްވެސް މާ ކުރެއް ނޫންމެއެވެ. ނަމަވެސް އެހައިކުރީގެ
ޢިބާރާތަކާ ބަލާފައި އެބަޔާން ކުރައްވާ ވާހަކަތައް އޮޅުން ނުފިލައިގެން އުޅޭން
ނުޖެހޭކަން އެއީ އެލިއުމުގައިހުރި ވަރަށް އާދަޔާއި ޚިލާފު ޚާއްޞިއްޔަތެކެވެ. އަދި
ވިސްނުންތެރިކަމާއެކު ބަލާލާއިރު މިލިޔުންކޮޅުން ހިސާބަކަށް މިޒަމާނަށް އައުމުގެ
ހުވަފެންތައް ފެންނަން ފަށައިފިކަން ޤަބޫލުކުރެވެން ފަށައިފިއެވެ.
ދެން މިޒަމާނުގެ އަދަބުގެ "ފަތިހުގެ ތަރި"
ކަމުގައިވާ ފަޟީލަތުއްޝައިޚު އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީންގެ ޢިބަރާތް
ކޮޅަކަށް ވިސްނުމުގެ ނަޒަރެއް ދީބަލަމާ ހިންގަވާށެވެ.
"ދިވެހިރާއްޖޭގައި އުފެދި ބޮޑުވެ ނިއައުވި ދަންނަ
ބޭކަލުން ކުރެ ކުރިއަށް ތިއްބެވި މާތް ބޭކަލުން" މި މަޢުޟޫޢުގެ ދަށުގައި
ލިއުއްވާފައިވާ ބަޔާނަކުން މި ޢިބާރާތްކޮޅު ނަކަލު ކޮށްލަމެވެ.
ދިވެހިރާއްޖެ އިސްލާމްވީ 548ހ. މިވަނަ އަހަރުގެ ތެރޭގައި އަލްޢާލަމް
އަލްފާޟިލު ވަލްމުރުޝިދުލް ކާމިލު މައުލާނާ އަބުލްބަރަކާތުލް ބަރުބަރީ ރަޙުމަތުﷲ
މިމާތް ވަލީވެރިޔާގެ އަތްޕުޅުގެ މައްޗަށެވެ. އިސްލާމްދީން ޚިޔާރު ކުރެއްވި
ރަސްކަލަކީ އައްސުލްޠާން މުޙައްމަދު ބިން ޢަބުދުﷲ ދަރުމަވަންތަ ރަސްގެފާނެއެވެ.
އެއަށްފަހު މިހާރު މިހިގަނީ 92 ވަނަ ރަސްކަމެވެ. މިނަންގަތް ވަލީވެރިޔާ
ފަސްދާނު ލެވިގެންވަނީ މާލޭގެ މެދުޒިޔާރަތުގައެވެ. އެޒަމާނުން ފަށައިގެން އައިސް
965 ވަނަ އަހަރުގެ ފުރުތު ކޭޒުންގެ އަދިރި އަދިރި މިރާއްޖެ ހިފައިގެން ވެރިކަން
ކުޅަ 15 އަހަރު ބައިގައި ނޫނީ ރާއްޖޭގެ ވެރިކަން އެހެން ދީނަކަށް ނެއެބުރެއެވެ.
|
އާދެ، ޢިބާރާތްތައް އެމުނި އެކުލެވިފައިހުރީ ވަރަށްވެސް
ފުރިހަމަ ގޮތަކަށެވެ. ވިސްނައިލާން ފަސޭހަ ގޮތަކަށެވެ. މަޢުޟޫޢުގެ ތެރެއަށް
އަޅުގަނޑުމެން ގެންދާ ގޮތަކަށެވެ. މިލިއުން އައިސްފައިވަނީ އިސްވެދިޔަ
ލިއުންތަކުގެ ތެރެއިން ކަމަށްވުމާއިއެކު އެވަސްނެތެކޭ ދެންނެވޭކަށް ނެތެވެ.
ނަމަވެސް ޢިބާރާތްތައް ކުރުވެފައި ސާފުކަން ހަމަޔަޤީނެވެ.
މިހިސާބުން ދިވެހި އަދަބީ ޤުލްޝަނުގައި ފޮޅުނުތަން
ދެންފެނުނީ ޤުލްޝަނުގެ ފިނިފެންމަލެވެ. ކުރީގެ އަދީބުން ފެންދެއްވަމުން
ގެންނެވިލެއް އޯގާވެރިކަމާއި ދީލަތިކަމުގެ ނަތީޖައެއްގެ ގޮތުންނެވެ. މިދެންނެވި
ފިނިފެންމަލަކީ އެއްވެސް ބަޙުޘެއް ނެތްގޮތުގައި ސުއްމުލްއަމީރު މުޙައްމަދު އަމީން
ދޮށިމޭނާ ކިލެގެފާނެވެ. އެމަނިކުފާނާ ހިސާބުން ދިވެހި އަދަބު މުޅީން އެހެންގޮތަކަށް
ބަދަލުވެގެން ހިގައްޖެއެވެ. ޢިބާރަތްތައް ކުރުވެފައި ސިފަކުރުމުގެބައި
އިތުރުވެގެން ދިޔައީއެވެ. އަދި ޢިބާރާތްތައް އާދަޔާ ޚިލާފަށް ރީތިވެފައި
ފަށުވިވެގެން ދިޔައީއެވެ. ބަސްމަގުގައި ފޮނިކަމާއި އަސަރު އެކުލެވިގެން ދިޔައީއެވެ.
ދެންނިކަން އަމީންގެ ވާހަކައަކުން ޢިބާރާތްކޮޅެއް އައްސަވާލަމާ ހިންގަވާށެވެ.
ހޫނު އިރުގެ ދޯދި ތަކެއްގެ ސަބަބުން ކަނޑުން ފެނިގެއްލިދަނީ އެކިއިރު
އެކިކުލައެވެ. ލޮލުގެ އަލިކަންފޯރާ އެންމެ ދުރުހިސާބުން (އާދެ! އުދަރެހާއި
ހިސާބުން) ވިލާތަކާއި ކަނޑު ފެންނަނީ އެއްކުލައިގައެވެ. ގާތްގަނޑަކަށް
ހުދުކުލައިގައެވެ. ތަންކޮޅެއް ކައިރީން ކަނޑުގެ ކުލަ ބަދަލުވަމުންދަނީ
މަޑުނުލަކުން މަޑު ފެއްސަކަށެވެ... ވިލާތައް މަޑު އަޅިއަކުން މަޑުނުލަކާއި މަޑު
ދަނބަކަށެވެ. ގޮޑުދޮށުގައިވާ އޮމާން ހުދު ދޮންވެލިގަނޑު އޮތީ ވަރަށްބޮޑަށް
ހޫނުވެފައެވެ. ދަނީ އެއަށްވުރެވެސް ހޫނުވަމުންނެވެ.
|
މިއީ އަމީން ލިޔުއްވި "ލޯބި އެންމެ ލޯބީ...ކަރުނައިގެ
ތެރޭގައެވެ." މި ވާހަކައިގެ ޢިބާރާތް ކޮޅެކެވެ.
ދެން މިނަކަލު ކޮށްލަނީ "މިހާރުގެ ޖަރުމަންވިލާތުގެ
މައްޗަށް ވިސްނުމުގެ ނަޒަރެއް" މި މަޢުޟޫޢުގެ ދަށުގައި ލިއުއްވާފައިވާ
މަޒުމޫނެއްގެ ޢިބާރާތްކޮޅެކެވެ. "މިހާރު ޖަރުމަންވިލާތު" "ވިންދުގައި
އިގިލި އޮބާލަން އެގުނު މީހަކަށް ދެއެއްޗެއް ޔަޤީންވާނެއެވެ. އާއްމު ޖަރުމަނުންގެ
ހިތުގައި އިނގިރޭސި، ފަރަންސޭސި، އެމެރިކާ މިތިންޤައުމުގެ މައްޗަށް
ޙަސަދަވެރިކަމެއް ނުއެއްގާނީކަމެއް ނެތެވެ. އެބައިމީހުންގެ މުޅި މަޤުޞަދަކީ
މިހުއްޓުނު ބޮޑުހަނގުރާމައިގައި އެބައިމީހުންގެ ރަށްތަކަށް ލިބުނު
ބަޔާންނުކުރެވޭފަދަ ގެއްލުންތައް އެކަށީގެންވާ އެންމެ އަވަސް މުއްދަތެއްގެ
ތެރޭގައި ހަމަޖެއްސުމެވެ."
އާދޭހެވެ. މިޢިއްޒަތްތެރިޔާ މަޒުމޫން ލިޔުއްވާން
ފެއްޓެވުމުން ދިވެހިބަހަކީވެސް އަސަރުގަދަ ފޮނި ބަހެއްކަމުގައި ވެގެން
ހިގައްޖެއެވެ. އަޅުގަނޑު އެއްވެސް ޖެހިލުމެއްނެތި ދަންނަވަމެވެ. މިހާތަނަށް
ދިވެހިއަދަބީ ޤުލްޝަނަށް މީރުވަހެއް ފެތުރިފައިވާނަމަ، އެމީރުވަހެއް ފެތުރިފައިވަނީ،
މުޅިން އެ "ފިނިފެންމަލުގެ" ސަބަބުންނެވެ.
ދެންއޮތީ އަޅުގަނޑުމެންގެ މިޒަމާނެވެ. މިޒަމާނަކީ
ކޮންމެމީހަކުމެ، މަސައްކަތުން
ފުރިފައިވާ ޒަމާނެވެ. ނަތީޖާއެއްގެ ގޮތުން މިޒަމާނުގެ ލިއުންވެސްހުރީ އެމަޒުމޫނެއް
ނުވަތަ އެވާހަކައެއް ކިޔާމީހަކަށް ގިނަވަގުތު ގެއްލުމަކާއިނުލައި އެލިއުމެއްގެ
ލިއުންތަކުގެ މުރާދާއި މާނައާއި ހަމައަށް އަވަހަށް ދެވޭކަހަލަ ގޮތަކަށް
ހަމަޖެހިފައެވެ. އަދި މިއަދު އަޅުގަނޑުމެންގެ ތަޢުލީމް ބިނާވެފައިވަނީ އިނގިރޭސި
ބަހުގެ މައްޗަށް ކަމަށްވާތީ އާދަޔާ ޚިލާފަށް އިނގިރޭސިބަސް ގިނަވެފައި ވާތީ
ފެނެއެވެ. މިނޫންއެއްޗެއް އަޅުގަނޑަކަށް ދަންނަވާކަށް ނޭގެއެވެ. އަދި އެހެން
ނޫންނަމަވެސް މިޒަމަނަށް އިންސާފުކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއްވެސް ނޫނެވެ.
އެވާޖިބު އަދާކުރުން އެންމެ އައުލާވެގެންވަނީ އަންނަވި ޖީލުތަކުގެ ދަރީންނެވެ.
ފަރިތަކުރުން
ތިރީގައިވާ ސުވާލުތަކަށް ޖަވާބުދޭށެވެ.
1-
ހުކުރު މިސްކިތް ދޮށުގައި
އެހެން މިސްކިތެއް ހަދަންޖެހުނީ ކީއްވެ؟
2-
ތުހުފަތުލްވުލާތު ލިއުއްވީ
ކޮންބޭފުޅެއް؟ އަދި އެއީ ކޮންސަބަބަކާހުރެ؟
3-
މިލިއާ ބަސްތަކުގެ މާނައަކީ
ކޮބައިހެއްޔެވެ؟
މާތުރަ، ގެހުނަތަން، ދޮތުން، ކޮޑިދިއުން
4-
ބޮޑުތަރުތީބު ޗާޕްކުރެވުނީ
ކޮންތާރީޚިއްގައިހެއްޔެވެ؟
5-
މިންހަތުލް މަންނާނު ލިއުއްވީ
ކޮންބޭފުޅެއް؟ އަދި އެއީ ކޮންކަހަލަ ފޮތެއް؟
6-
ދިވެހިބަހުގެ ފަތިހުގެ ތަރިއަކީ
ކޮންބޭފުޅެއް؟
7-
މުޙައްމަދު އަމީނުގެ
ޢިބާރާތްތަކާ، ކުރީގެ ޢިބާރާތްތަކާ، ހުރި އެންމެބޮޑު ތަފާތަކީ ކޮބާ؟
8-
"ލޯބި އެންމެލޯބީ...ކަރުނައިގެ
ތެރޭގައި" މިވާހަކަ ފައްޓަވާފައިވަނީ ކޮންވަގުތަކާއި ބެހޭގޮތުން؟
9-
"މިހާރު ޖަރުމަން ވިލާތުގެ، ވިންދުގައި
އިގިލި އޮބާލަން އެނގުނު މީހަކަށް" މި ޢިބާރާތުގެ މާނައަކި ކޮބާ؟
10-
އިސްވެދިޔަ ޢިބާރާތަކީ
ކޮންކަމަކާއި ގުޅޭގޮތުން ލިއުއްވާފައިވާ ޢިބާރާތެއް؟
ތިރިގައިމިވާ ފޮތްތައް ލިއުއްވި ބޭފުޅުންނާ
އެފޮތްތަކުގެ ބާވަތް ލިޔާށެވެ.
ފޮތުގެ ނަން
|
ފޮތުގެ ބާވަތް
|
ލިއުއްވީ
|
ތުޙުފަތުލް ވުލާތު
|
||
ބޮޑުތަރުތީބު
|
||
މިންހަތުލް މަންނާނު
|
||
ލޯބި
އެންމެލޯބީ...ކަރުނައިގެ ތެރޭގައެވެ.
|
ތިރިގައިވާ ބަސްތަކުގެ މާނަލިޔާށެވެ.
ހަރިނަހަރަ، އަރާއަރަފޯދޭ، ހެލޭ ފިލަވަޅު، ހަކިބަ،
ނުއުފަންނަ
No comments:
Post a Comment