ބައޮގްރަފީ
ކެއިތު ސްޕެންސަރ ވޯޓަރހައުސް
* ތަޢާރަފް
އިގިރޭސިވިލަތުގެ ލީޑްސް ވެސްޓް ޔޯކްޝަރ އަށް އުފަން
ކެއިތު ވޯޓަރހައުސް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 6 ފެބުރުއަރީ 1929
ވަނައަހަރުގައެވެ. ކެއިތު ވޯޓަރ ހައުސްގެ މަންމައާއި ބައްޕަ އަކީ ކޮންބައެއްކަން އެގޭކަން
ނެތެވެ. އަދި މިބޭފުޅާގެ ދިރިއުޅުމުގެ ޙަޔާތްޕުޅު ވޭތުކުރެއްވި ގޮތްވެސް އެގޭކަށް
ނެތެވެ. މީގެއިތުރުން މިބޭފުޅާގެ ތަޢުލީމީ ޙަޔާތްޕުޅާއި އަދިވެސް މިފަދަ ޒާތީ
މަޢުލޫމާތުތަކެއް އެގޭކަން ނެތެވެ.
* ޙަޔާތުގެ އުސްއަލިތައް
ކެއިތު ވޯޓަރހައުސް އެންމެފުރަތަމަ މަސައްކަތްޕުޅު
ކުރެއްވީ އިގިރޭސި ވައިގެ ސިފައިންގެ ތެރޭގައެވެ. އަދި މިތަނުގައި 2 އަހަރުދުވަހު
މަސައްކަތްޕުޅު ކުރެއްވިއެވެ. މިއަށްފަހު އިގިރޭސި ނޫސްތަކަށް ލިޔުއްވަން
ފެއްޓެވިއެވެ. އަދި މިއާއެކު ނޮވެލްތައް (ހަޤީޤީ ވާހަކަ) ތައް ލިޔުއްވަން
ފެއްޓެވިއެވެ. ނަމަވެސް ކެއިތު ވޯޓަރހައުސް އެންމެ ބޮޑަށް މަޝްހޫރު ވެގެންދިޔައީ ފިލްމުތައް
ހެދުމަށް ލިޔުއްވަން ފެއްޓެވުމާއި ގުޅިގެންނެވެ.
މިގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވިގެންދިޔައީ 1959
ވަނައަހަރު ބިލީ ލިޔާގެ ބައިތަކެއްގެ ގޮތުގައި މިބޭފުޅާ ލިޔުއްވި ދެފިލްމެއެވެ. މި
ދެފިލްމުވަނީ 1964 ގައި އޮތް ބަފްޓަރ އެވޯޑަށް 6 ވަނައަށް ނޮމިނޭޓްވެފައެވެ. އަދި 1963
ގައިހޮވި އެންމެރީތި ސްކްރީސް ޕްލޭއެއް ލިޔެވިފައިވާ ފިލްމަކަށް ވެގެންދިޔައީ މިބޭފުޅާ
ސްކްރީން ޕްލޭ ލިޔުއްވި ގޯލްޑަން ލަޔަންއެވެ. އެންމެ ފުރަތަމަ ސްކުރީން ޕްލޭއެއް
މިބޭފުޅާ ލިޔުއްވާފައިވަނީ 1961 ވަނައަހަރު ވިސްޓެލް ޑައުންދަ ވިންޑް ކިޔާ
ފިލްމަކަށެވެ. މީގެއިތުރުން ޖާނަލިޒަމްގެ ފޮތްތައްވެސް ލިޔުއްވާފައިވާކަން
ފާހަގަކުރެވެއެވެ.
* ނިންމުން
ކެއިތު ވޯޓަރހައުސް ބޮޑަށް ފާހަގަވެގެން ދިޔައީ ފިލްމު
ސްރިޕްޓް ލިޔުއްވުމުގައެވެ. އަދި މިދާއިރާއިން ކާމިޔާބުތަކެއްވެސް ހޯއްދަވާފައި
ވެއެވެ. މީގެއިތުރުން ކެއިތު ވޯޓަރ ހައުސް ލިޔުއްވާފައިވާ ފޮތްތަކުގެތެރޭގައި ދެއާއިޒް
އަ ހެޕީ ލޭންޑް (1957)، ޖުބް (1963)، ދަބަކެޓް ޝޮޕް (1968)، އެވްރީތިންގ މަސްޓްގޯ
(1969)، މަންޑޭސް ތާސްޑޭސް (1976)، މިފަދަ
ފޮތްތައް ހިމެނެއެވެ. ކެއިތު ވޯޓަރހައުސް މިފަދަ އަދަބީ ގިނަފޮތްތަކެއް
ލިޔުއްވާފައި ވުމާއެކު މިއީ އަދީބެއްކަން ޔަގީނެއެވެ. މިބޭފުޅާ އަވަހާރަވީ 4
ސެޕްޓެމްބަރ 2009 ގައެވެ.
No comments:
Post a Comment