Friday, February 28, 2014

Suvaalaai Javaabu Grade 9 ge Mugahrrau

h


 ސުވާލާއި ޖަވާބު ގްރޭޑް 9 ގެ މުޤައްރަރުން
އަދަބިއްޔާތު

1.       ދިވެހި އަދަބިއްޔާތު ބެހިގެންވާ ދައުރުތައް ލިޔާށެވެ.
   ޖަވާބު: ޅަފަތުގެ ދައުރު، ފިރުކެންފެށި ދައުރު، ހިނގައިގަނެވުނު ދައުރު.

2.       ދައުރުތައް އެއްދައުރުން އަނެއް ދައުރަށް ބަދަލުވާން ދިމާވި ސަބަބުތައް ލިޔާށެވެ.
ޖަވާބު: ދިވެހިންގެ ތެރެއަށް އިލްމު ފެތުރުން ޢާއްމުވުމާއި ވިސްނުމަށް އަންނަސްފެށި ބަދަލާއި ލިޔެކިޔުމާއި ޗާޕްގެ މަސައްކަތް ފަސޭހަވެގެން ދިއުމެވެ.

3.       ދިވެހިންގެ ތެރޭގައި މަޝްހޫރު "ބޮޑުތާހީދު" ލިޔުއްވީ ކޮންބޭފުޅެއްހެއްޔެވެ؟
ޖަވާބު: އެދުރު އުމަރު މާފަތްކަލޭގެފާނެވެ.

4.       ޅަފަތުގެ ދައުރުގައި ލިޔުނު އަދަބީ އެތައް ތަރިކައެއް މިޒަމާނަށް އައިއިރު ވަނީ ގެއްލިފައެވެ. މިކަން މިގޮތަށް ވާން މެދުވަރިވި ސަބަބު ލިޔާށެވެ.
ޖަވާބު: އެދުވަސްވަރަކީ ޗާޕްކުރެވުނު ޒަމާނަކަށް ނުވާތީވެއެވެ.

5.       ނައިބުތުއްތުގެ އަދަބީ އަދި ޢިލްމީ މަސައްކަތްތައް އަހަރުމެންނާއި ހަމައަށް ގެނެސްދެއްވުމަށް މަސައްކަތްޕުޅެއް ކޮށްދެއްވީ ކޮންބޭފުޅެއް ހެއްޔެވެ؟
ޖަވާބު: ޙުސައިން ޞަލާޙުއްދީންއެވެ.

6.       ހިނގައިގަނެވުނު ދައުރުގެ ޚިދުމަތްތެރީންގެ ތެރެއިން ދެބޭފުޅެއްގެނަން ބުނެދޭށެވެ.
ޖަވާބު: މުޙަންމަދު އަމީން، ޙުސައިން ޞަލާޙުއްދީން، ސީދީ، އިބުރާހިމް ޝިހާބް، ޖަމީލް ދީދީ، އަޙްމަދު ކާމިލް ދީދީ، މުޙަންމަދު އިސްމާޢީލް، އަބުދުﷲ ޖަލާލެއްދީން (މީގެތެރެއިން ކޮންމެވެސް ދެބޭފުޅެއްގެ ނަން ލިޔެފިނަމަ ރަނގަޅުވާނެ)

7.       ޢިބާރާތްކުރުމުގައި އެންމެބޮޑަށް ބެލެވިފައިވަނީ ކޮންކަންތައްތަކަކަށް ހެއްޔެވެ؟
ޖަވާބު: -  ފަސޭހައިން ދެހަވާގޮތަށް ޖުމްލައިގައި ލަފްޒުތައް އެތުރުމަށް
-          ކުރުކޮށް ސާފުކޮށް، ހާމަކޮށް ބުނުމަށް
8.       "އަދަބު" މިބަހުގެ މާނަ ކުރުކޮށް ބުނެދޭށެވެ.
ޖަވާބު: މިންވަރު ދެނެގަތުން
9.       ވާހަކަ ދައްކާއިރު އެހުންތެރިންގެ ހިތަށް އެންމެ އަވަހަށް އަސަރުކުރެވޭނީ ކޮންގޮތަކަށް ވާހަކަ ދައްކައިގެންހެއްޔެވެ؟
ޖަވާބު: އެހުންރެތިންގެ މިޒާޖަށް ވިސްނައިގެން ވާހަކަ ދެއްކުމުންނެވެ.
10.   ނައިބުތުއްތުގެ ފުރިހަމަ ނަންފުޅަކީ ކޮބާ؟
ޖަވާބު: އައްޝައިޚުލް ފަޤީޙް މުޙަންމަދު ޖަމާލުއްދީން ބުނު އައްނާއިބު އީސަލްމުލަކީއެވެ.
11.   އަދަބިއްޔާތުގެތެރެއިން ނާއިބުތުއްތު ޚާއްޞަވެފައިވަނީ ކޮންރޮނގަކުންހެއްޔެވެ؟
ޖަވާބު: ރައިވަރު
12.   ޞިއްޙަތާބެހޭގޮތުން ނައިބުތުއްތު ލިޔުއްވި ފޮތުގެނަންލިޔާށެވެ.
ޖަވާބު: މިންޙަތުލް މަންނާރު
13.   ބަނޑޭރި ޙަސަންމަނިކުފާނު ލިޔުއްވައި ދިޔޯގެރައިވަރުގައި ހިމެނޭ މައިގަނޑު ދެޝަޚްޞިއްޔަތު ލިޔާށެވެ.
ޖަވާބު: ދައިތާފުޅުދިޔޯ، ކޮއްކޯފުޅު ދިޔޯ
14.   "ދޮންތުއްކަލާގެ" ފުރިހަމަ ނަންފުޅު ލިޔާށެވެ.
ޖަވާބު: މުޙަންމަދު އިސްމާޢީލް ދީދީ
15.   ތިމާގެ ފުދުންތެރިކަން ނެތްވަރުން އެހެންމީހުންނަށް ތަކެތި ދޭނަމޭބުނެ، ނުދެވޭ މީހުންނަށް ނިސްބަތްކޮށް ބޭނުންކުރާ އަދަބީ ބަހެއް އޮވެއެވެ. އެއަދަބީބަސް ލިޔާށެވެ.
ޖަވާބު: ރުއްކޮށީ ކުޑަކޮއިގެ ނިޔަދުރު
16.   މީހަކު ރަށްކަށް ގޮސްފައި ރަށުތެރެ ބަލާލުމުގެ ފުރުޞަތު ނުލިބި އަންނަންޖެހޭފަދަ ޙާލަތްތައް އަހަރުމެންނަށް މެދުވެރިވެއެވެ. މިފަދަ ގޮތަކަށް މެދުވެރިވެފައިވާ މީހަކާ ދިމާއަށް ކަލޭ މިވެނި ރަށަކަށް ދިޔައިންހޭ އަހާލުމުން ޖަވާބެއްގެގޮތުން ބޭނުންކޮށްއުޅޭ އަދަބީ ބަހަކީކޮބައި ހެއްޔެވެ.
ޖަވާބު: ކާޅުގުއި ބަންގާޅަށްދިއުން
17.   ތިމާއާއި ކުރަން ޙަވާލުވެފައިވާކަމެއް އެހެންމީހަކުލައްވައި ކުރުވާނަމަ އެފަދަ މީހަކާދިމާއަށް ބޭނުންކުރާ މިސާލުބަސް ލިޔާށެވެ.
ޖަވާބު: ކަނދިކަމަނާގެ މަސްތެލުލުން

18.   ކޮންމެ ކަމެއް ކުރާއިރުވެސް އެންމެ ރަނގަޅަށް ކުރާނީ އެންމެ ފަހުން ކުރާމީހާއޭ ބުނެވޭ ކަހަލަ ތަންތަނުގައި ބޭނުންކުރާ އަދަބީބަސް ލިޔާށެވެ.
ޖަވާބު: ފަހުންކިޔާ މާލޫދު މޮޅުވާނެއެވެ.
19.   ކުށްކުރުމަށް އާދަވެފައިވާ މީހުންނަށް ކިތަންމެ ވަރަކަށް އަދަބުދިނަސް ބިރެއްނުގަންނާނޭ ބުނުމުގެގޮތުން ބޭނުންކުރާ މުސްކުޅި ބަހެއް އޮވެއެވެ. އެބަސް ލިޔާށެވެ.
ޖަވާބު: ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނެއެވެ.
20.   މުޙަންމަދު އިސްމާޢީލް ދީދީގެ މަންމާފުޅުގެ ނަންލިޔާށެވެ.
ޖަވާބު: ސަންފާ
21.   މުޙަންމަދު އިސްމާޢީލް ދީދީ ދިރިއުޅުއްވުމަށް ކުރެއްވި މަސައްކަތްޕިޅަކީ ކޮބައި؟
ޖަވާބު: ވިޔަފާރިއެވެ.
22.   މުޙަންމަދު އިސްމާޢީލް ދީދީ އަވަހާރަވީއިރު އުމުރުފުޅަކީ ކޮބައި؟
ޖަވާބު: 80 އަހަރެވެ.
23.   މައުލަވީ ހުތްޢަލިދީދީ ފަސްދާނުލެވުނީ ކޮންރަށެއްގައިހެއްޔެވެ؟
ޖަވާބު: ހއ. ހޯތަފުށީގައެވެ.
24.   މިހާރު ޅެންތައް ހުންނަ ވަޒަންތަކަށް ދިވެހިބަހުން ޅެން ހެއްދެވީ ކޮންބޭފުޅެއްހެއްޔެވެ؟
ޖަވާބު: ހުތްޢަލިދީދީއެވެ.
25.   ނައިބުތުއްތު ޅައުމުރުގައި އެމަނިކުފާނުގެ ޢަރަބިބަހުގެ އެދުރަކީ ކޮންބޭފުޅެއްހެއްޔެވެ؟
ޖަވާބު: އަލްޤާރީ މުޙަންމަދު މުޙިއްބުއްދީން ފަނޑިޔާރު މަނިކުފާނެވެ.
26.   ދިވެހި އަދަބިއްޔާތުގައި އެންމެ ފުރަތަމަ ލިޔުމަކަށް އަދަބީގޮތުން ފާޑުކިޔުއްވައި ލިޔުން ލިޔުއްވީ ކޮންބޭފުޅެއްހެއްޔެވެ.
ޖަވާބު: މުޙަންމަދު ޖަމާލުއްދީން ނުވަތަ ނައިބުތުއްތުއެވެ.
27.   ސުއްކަތުރާ ޚަބަރު ނުވަތަ ޚަބަރުފޮތް ލިޔުއްވީ ކޮންތާރީޚެއްގައިހެއްޔެވެ؟
ޖަވާބު: 1308 ހ
28.   ސުއްކަތުރާ ޚަބަރުގައިވަނީ ކޮންވާހަކަތަކެއްހެއްޔެވެ؟
ޖަވާބު: އޭގައިވަނީ ނައިބުތުއްތު ބ. ފެހެންދުއަށް އަރުވާލާފައި ހުންނެވިއިރު އެބޭފުޅާއަށް ދިމާވި ދަތި ޙާލު ބަޔާންކޮށް ލިޔެފައިވާ ވާހަކަތަކެވެ.
29.   ސިއްކަމޮހޮރީގައިވަނީ ކޮންވާހަތަކެއްހެއްޔެވެ؟
ޖަވާބު: ރަދުންނަށް ޘަނާކިޔައި ތަޢުރީފްކޮށް ލިޔެފައިވާ ވާހަކަތަކެވެ.
30.   ނައިބުތުއްތު ނިޔާވީ ކޮންތާރީޚެއްގައިހެއްޔެވެ؟
ޖަވާބު: 13 ރަމަޟާން 1325 ގައެވެ.
31.   ނައިބުތުއްތު ފަސްދާނުލެވުނީ ކޮންރަށެއްގައި ހެއްޔެވެ؟
ޖަވާބޫ: ދ. މާއެނބޫދޫއެވެ.

No comments:

Post a Comment