Wednesday, February 26, 2014

Grade 5,6,7 ge Dhivehi mugahrrarun nagaafaivaa Suvaalaai Javaabu

2008 ވަނައަހަރު ޤައުމީ ދުވަހު ގުރޭޑް 5،6،7 މިތިން ކުލާހުގެ ކުދިންނަށް ބޭއްވޭ ސުވަލު މުބާރާތުގެ ސުވާލާ ޖަވާބުތައް

1-      ކަމަކީ ކޮބާ؟
ޖ. ޒަމާންތަކުގެ ތެރެއިން ކޮންމެވެސް ޒަމާނެއްގައި ހިނގި، ހިނގާ ނުވަތަ ހިނގައިފާނެ ކަމެއްދޭހަކޮއްދޭ ކޮންމެ ބަހެކެވެ.

2- ކަން ބެހިގެންވާ ބައިތަކަކީ ކޮބާ؟
ޖ. 1- ވާކަން
   2- ވޭވޭހުރިކަން
   3- ވާނޭކަން
   4- ނިމުނުކަން
   5- ނިމިނިމުނުކަން
   6- ނަމަވުން

3- ވާކަމަކީ ކޮބާ؟
ޖ. ވާކަމުންދޭހަކޮއްދެނީ އިހައްވެސް އަދި މިހާރުވެސް ހިނގާ ކަންކަމެވެ.

4- ވޭވޭހުރިކަމަކީ ކޮބާ؟
ޖ. ވޭވޭހުރިކަމުން ދޭހަކޮއްދެނީ ވާހަކަދެކެވޭ ވަގުތު ހިނގަހިނގާ ހުންނަކަންކަމެވެ.

5- ވާނޭކަމަކީ ކޮބާ؟
ޖ. ވާނޭކަމުން ދޭހަކޮއްދެވީ އަންނަންއޮތް ޒަމާނުގައި ހިނގާނެ ކަމެކެވެ. ބަސްބުނުމުގެ ފަހުން ހިނގާނެ ނުވަތަ ހިގާފާނެ ކޮންމެ ކަމަކީ ވާނޭ ކަމެކެވެ.

6- ނިމުނުކަމަކީ ކޮބާ؟
ޖ. ނިމުނުކަމުން ދޭހަކޮއްދެނީ ވޭތުވެދިޔަ ކައިރިޒަމާނެއްގައި ހިނގާ މިހާރު ނިމިފައިވާ ކަންކަމެވެ.

7- ނިމިނިމުނު ކަމަކީ ކޮބާ؟
ޖ. ނިމިނިމުނު ކަމަކީ ވޭތުވެދިޔަ ދުރުޒަމާނެއްގައި ވެނިމިފައިވާ ކަންކަން އަންގައިދޭ ބަހެވެ.

8- ނަމަވުމަކީ ކޮބާ؟
ޖ. ނަމަވުމުން އަންގައިދެނީ ކަމެއް ހިނގީތީ ހިނގިކަމެއް ނުވަތަ ކަމެއް ހިނގައިފިނަމަ ހިނގާނެ ކަމެކެވެ.

9- ދިވެހިންގެ ތެރޭގައި ބޭނުންކުރެވޭ އަދަބީ ބަސްތަކުގެ ތެރޭގައި ހިމެނެނީ ކިތައްބާވަތް ހެއްޔެވެ؟ އަދި، އެ  ބާވަތްތަކަކީ ކޮބާ؟
ޖ. އަދަބީ ބަސްތަކުގެ ތެރޭގައި ހިމެނެނީ އަށް ބާވަތެވެ. އެބާވަތް ތަކަކީ  މަޖާޒު، މަޖާޒީ މިސާލު، ފުންބަސް ނުވަތަ ފަށުވިއިބާރާތް، މިސާލު، މިސާލުބަސް، ވައްބަސް، ހަރުބަސް، މުސްކުޅިބަސް.

10- ނަންއިތުރަކީ ކޮބާ؟
ޖ. ނަމަކަށް އިތުރު ސިފައެއް ގެނެސްދޭ ކޮންމެ ބަހަކީ ނަމަކަށް އިތުރުކުރެވޭ ބަހެކެވެ. ނުވަތަ ނަންއިތުރެކެވެ.

11- ކަންއިތުރަކީ ކޮބާ؟
ޖ. ކަމަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ބަހެކެވެ.

12- މަސްދަރަކީ ކޮބާ؟
ޖ. ކަންއުފެދުމުގެ އަސްލެވެ.

13- ސުކުންކުރެވޭ އަކުރުތަކަކީ ކޮބާ؟
ޖ. އ، ސ، ނ، ތ، ށ

14- ވާހަކައެއްގައި އޮންނަނީ މައިގަނޑު ކިތައްބައި؟ އަދި އެބައިތަކަކީ ކޮބާ؟
ޖ. ވާހަކައެއްގައި އޮންނަނީ މައިގަނޑު 3 ބައެވެ. އެތިން ބަޔަކީ:
   1- ފެށުން
   2- ކިޔާދިނުން
   3- ކުންނު

15- ނަންއިތުރުގެ ނަމަކީ ކޮބާ؟
ޖ. ނަންއިތުރުގެ ނަމަކީ ނަންއިތުރަކުން އުފައްދާފައިވާ ނަމެކެވެ.

16- އިތުރަކީ ކޮބާ؟
ޖ. އިތުރަކީ ނަންއިތުރަކަށް ނުވަތަ ކަންއިތުރަކަށް އިތުރުސިފައެއް ގެނެސްދޭ ކޮންމެ ބަހެކެވެ.

17- އެކަހެރި ނަމަކީ ކޮބާ؟
ޖ. އެކަހެރިނަމަކީ އެންމެ އެއްޗަކާ، އެންމެ ތަނަކާ އަދި އެންމެ މީހެއްކަން އެންގުމުގެ ގޮތުން ބޭނުންކުރާ ނަމެވެ.

18- ގިނަނަމަކީ ކޮބާ؟
ޖ. ގިނަނަމަކީ ގިނަ ތަންތަން ކަމާ، ގިނަ އެއްޗެހިކަމާ އަދި ގިނަމީހުންކަން އެންގުމުގެ ގޮތުން ބޭނުންކުރާ ނަމެވެ.

19- އެކުވި ނަމަކީ ކޮބާ؟
ޖ. އެކުވިނަމަކީ އެއްވައްތަރެއްގެ ގިނަ އެއްޗެހިތަކެއް އެކުވުމުން އުފެދޭ ބަޔަކަށް ނުވަތަ ބައިގަނޑަކަށް ކިޔާ ނަމެކެވެ.

20- ހުސްނޫނަކީ ކޮބާ؟
ޖ. ކިޔާއިރު ނޯށަށް އަރުވައިގެން ކިޔަން ޖެހޭ ބަސްބަސް ވަކިކޮއްދޭން ލިޔެ އުޅޭ އަކުރެކެވެ.

21- އާންމު ގޮތެއްގައި ހުސްނޫނު އަންނަނީ ކޮން އަކުރުތަކެއްގެ ކުރިއަށް ހެއްޔެވެ؟
ޖ. ބ، ދ، ގ، ޑ

22- ވާހަކަ ދެއްކުމުގެ އަދަބުތަކުން އެކުލެވިފައިވާ ބަސްތައް ބެހިފައި ހުންނަނީ ކިތައްބަޔަށް؟ އަދި އެބައިތަކަކީ ކޮބާ؟
ޖ. 03 ބަޔަށް. އެބައިތަކަކީ އާދައިގެގޮތާ، މާތްގޮތާ އަދި އެންމެ މާތް ގޮތެވެ.
23- އާންމު ނަމަކީ ކޮބާ؟
ޖ. އެނަމެއް ބުނުމުން އެނަން ރައްދުވާ ފަރާތް ކަނޑައެޅިގެން ނޭގޭ ނަންނަމެވެ.

24- ޚާއްސަނަމަކީ ކޮބާ؟
ޖ. އެނަމެއް ބުނުމުން އެނަން ރައްދުވާ ފަރާތް ކަނޑައެޅިގެން ނޭގޭ ނަންނަމެވެ.

25- ރާއްޖޭގެ މިނިވަން ދުވަހަކީ ކޮބާ؟
ޖ. 26 ޖުލައި 1965

26- ބަދަލު ނަމަކީ ކޮބާ؟
ޖ. މީސްމީހުންގެ ނަންނަމުގެ ބަދަލުގައި ބޭނުން ކުރެވޭ ނަންތަކެވެ.

27- އިންޓަރނޭޝަނަލް ވޭލިންގ ކަމިޝަން އުފެއްދީ ކޮން އަހަރަކު؟
ޖ. 1946 ވަނަ އަހަރުގައެވެ.

28- ބޮޑުމަސް ހިފުން ވަގުތީ ގޮތުން މަނާކުރީ ކޮން އަހަރަކު؟
ޖ. 1985 ވަނައަހަރުގައެވެ.

29- މަންމަލި ޖަނަވާރަކީ ކޮބާ؟
ޖ. ބަނޑުއަޅާ ވިހާ އަދި ގާތުންކިރުދޭ ތަކެއްޗެވެ.

30- ދުނިޔޭގެ އެންމެ ދިގު ކޯރަކީ ކޮބާ؟
ޖ. ނީލަކޯރެވެ.

31- ސިޓީއެއްގައި ހިމެނެނީ މައިގަނޑު ކިތައްބައި؟ އަދި އެބައިތަކަކީކޮބާ؟
ޖ. ދެބައެވެ. އެއީ ސިޓީގެ އޮނިގަނޑާ، ސިޓީގެ މައިގަނޑެވެ.

32- ރައިވަރުގައި ބަހުގެ އަކުރުތައް އިސްފަސްކުރެވިފައި ހުންނަ ހުރުމަށް ކިޔަނީ ކީކޭ؟
ޖ. ރައިވަރުގެ ބަސް އޮޅުވުމެވެ.

33- ކީރިތި ރަސޫލާގެ ސީރަތު ލިޔުއްވީ ކޮންބޭފުޅެއް؟
ޖ. ހުސައިން ސަލާހުއްދީން.

34- ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ނޫހެއް ނެރުއްވައި އެކަން ފުޅާ ދާއިރާއެއްގައި ހިންގަވަން ފެއްޓެވީ ކޮން ބޭފުޅެއް؟
ޖ. މުހައްމަދު އަމީން

35- މުހައްމަދު އަމީން ކެއްކުމާ ބެހޭގޮތުން ލިޔުއްވި ފޮތުގެ ނަމަކީ ކޮބާ؟
ޖ. ކަރުނައާ ނުލައި ކެއްކުން

36- އުޖާލާވި ރަންތަރީގެ ނަމުން މަޝްހޫރުވެފައިވަނީ ކޮން ބޭފުޅެއް؟
ޖ. އޮނަރަބަލް އަލްއުސްތާޒު މުހައްމަދު ޖަމީލް ދީދީ

37- މުހައްމަދު ޖަމީލު ލިޔުއްވި 03 ފޮތެއްގެ ނަން ބުނެދީ!
ޖ. ކުޑަކުދިންގެ ބަގީޗާ، ފިޔަވަޅު، ދުރޫސުލް އަޚުލާގު، ދީނިއްޔާތު

38- " ގައުމީ ސަލާން " މިޅެން ހެއްދެވީ ކޮންބޭފުޅެއް؟
ޖ. އަލްއުސްތާޒު މަރުހޫމް މުހައްމަދު ޖަމީލްދީދީ

39- އަންނަބީލާ އަލްމަރުހޫމާ އާމިނަތު ހުސައިން ގެ ޅެންތަކުގެ ތެރެއިން 02 ޅެމެއްގެ ނަންލިޔޭ؟
ޖ. ކުޅޭށެ ކުރިކެޓު، ލޯފަންކުއްޖެއްގެ ހިތުގެ ސާބިތުކަން

40- " ރިހިދޫ " ގެ ނަމުގައި މަޝްހޫރުވެފައިވަނީ ކޮންބޭފުޅެއް ހެއްޔެވެ؟
ޖ. އަލްއުސްތާޒް އަލްމަރުހޫމް އިބުރާހިމް ޝަހީދު

41- އިނގިރޭސީންގެ އަތްދަށުން ރާއްޖެ މިނިވަންވީ ކޮން އަހަރެއްގެ ކޮން ދުވަހަކު؟
ޖ. 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަން ދުވަހުއެވެ.

42- ހުރުން ބެހިގެންވަނީ މައިގަނޑު ކިތައްބަޔަށް؟
ޖ. 05 ބަޔަށެވެ.

43. ހުރުން ބޭނުންކުރުމުގެ މިސާލެއް ބުނެދީ!
ޖ. ފޮށި ހުރީ ގޮނޑި މަތީގައެވެ.

44- ޅެންވެރިކަމުގެ ދުނިޔޭގައި އިބުރާހިމް ޝިހާބު މަޝްހޫރުވެފައިވަނީ ކޮންނަމަކުން ހެއްޔެވެ؟
ޖ. ޝާއިރުއް ޝަބާބު

45- އިނުން ބޭނުންކުރެވޭ މިސާލެއް ބުނެދީ!
ޖ. ކުޑަކަނބުލޮ އިންނަނީ މިރަށަކޫ ނޫނެވެ.

46- އިސްކަންދަރު ރަސްގެފާނުގެ ފުރިހަމަ ނަންފުޅަކީ ކޮބާ؟
ޖ. އައްސުލްޠާން އިބުރާހީމް އިސްކަންދަރު ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން ނެވެ.

47- އިބުރާހިމް ޝިހާބު އަމިއްލަފުޅު ނަންތަކެއްގެ ގޮތުގައި ބޭނުންކުރެއްވި ނަންތަކަކީ ކޮބާ؟
ޖ. ގުލްފާމް ، ސާގިބު

48- އިބުނި ސީނާގެ ފުރިހަމަ ނަންފުޅަކީ ކޮބާ؟
ޖ. އަބޫއަލީ ހުސައިން އިބުނި އަބުދުއްﷲ އިބުނި އަލީ އިބުނި ސީނާ އެވެ.

49- " ސާކް " ގެ ދިގު ނަމަކީ ކޮބާ؟
ޖ. ސައުތު އޭޝިއަން އެސޯސިއޭޝަން ފޯރ ރީޖަނަލް ކޯޕޮރޭޝަން

50- އެކުވެރި ދައުލަތުގެ ޖަމްއިއްޔާ " އދ " އުފެދުނީ ކޮން ތާރީޚެއްގައި؟
ޖ. 1945 ވަނަ އަހަރުގެ އޮކުޓޯބަރ 24 ގައެވެ.

51- ދިވެހިރާއްޖެ "އދ " ގެ މެންބަރަކަށްވީ ކޮން ތާރީޚެއްގައި؟
ޖ. 1965 ވަނައަހަރުގެ ސެޕްޓެމްބަރ 21 ވަނަ ދުވަހުގައެވެ.

52- ޔުނިސެފް އުފެދުނީ ކޮން ތާރީޚެއް ގައި؟
ޖ. 1946 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

53- ދިވެހިރާއްޖެ ޔުނިސެފުގައި ބައިވެރިވީ ކޮން ތާރީޚެއްގައީ؟
ޖ. 1971 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުގައެވެ.

54- ތަޢުލީމާ ސައެންސާ ސަގާފަތާ ބެހޭ "އދ" ގެ ޖަމްއިއްޔާ އަކީ ކޮބާ؟
ޖ. ޔުނެސްކޯ

55- ޔުނެސްކޯގެ އާންމު ޖަލްސާއިން ކުރަނީ ކޮންކަންތަކެއް؟
ޖ. ޔުނެސްކޯގެ ސިޔާސަތު ކަނޑައެޅުމެވެ.

56- ދެކުނުއޭޝިޔާގެ ދަރަހައްދީ އެއްބާރުލުމާބެހޭ ޖަމްއިއްޔާ އަކީ ކޮބާ؟
ޖ. ސާކް

57- އޮލިމްޕިކް ކުޅިވަރު މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ ކޮންއިރަކު އަދި ކޮން ތާކު؟
ޖ. އީސާގެ ފާނު ދުނިޔެއަށް ވަޑައިގަތުމުގެ 776 އަހަރުކުރިން ގްރީކުގައެވެ.

58- " ސުވަރުގެ " މީ ކޮންބޭފުޅެއްގެ ޅެމެއް؟
ޖ. އިބުރާހިމް ޝިހާބު

59- ފަޟީލަތުއް ޝައިޚުލް މަރުހޫމް ހުސައިން ސަލާހުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ކޮން ތާރީޚެއްގައި؟
ޖ. 15 ޖުމާދުލްއޫލާ 1298 ގައެވެ.

60- މަޒުމޫނުގެ މައިގަނޑު ބައިތަކަކީ ކޮބާ؟
ޖ. ފެށުން، މައިގަނޑު އަދި ނިންމުމެވެ.

61- ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ކޮން ތާރީޚެއްގައި؟
ޖ. 20 ޖުލައި 1910 ވަނައަހަރު

62- އޮނަރަބަލް އަލްއުސްތާޒުލް މަރުހޫމް މުހައްމަދު ޖަމީލް ދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ކޮންތާރީޚެއްގައި؟
ޖ. 01 މެއި 1915 ގައި

63- ޅެންވެރިކަމުގެ ރޮގުން އަންނަބީލާ އަލްމަރުހޫމާ އާމިނަތު ހުސައިން މަޝްހޫރުވެފައިވަނީ ކޮން ނަމަކުން؟
ޖ. ވައިލެޓް މާގެ ނަމުން

64- އަންނަބީލާ އަލްމަރުހޫމާ އާމިނަތު ހުސައިން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ކޮން ތާރީޚަކު؟
ޖ. 03 އޮކްޓޯބަރ 1917

65- އަލްއުސްތާޒް އަލްމަރުޙޫމް އިބުރާހިމް ޝިހާބު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ކޮންތާރީޚެއްގައި؟
ޖ. 10 އޮކްޓޯބަރ 1922

66- ތާޖުމަހަލް ހެއްދެވީ ކޮންބޭފުޅެއް؟
ޖ. ޝާހުޖަހާން

67- ޝާހުޖަހާން އިންޑިއާގައި ވެރިކަން ކުރެއްވީ ކިތައް އަހަރު؟
ޖ. 30 އަހަރު

68- އަލްފާޟިލް އަލްމަރުހޫމް ޔޫސުފު މުހައްމަދު ފުޅު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ކޮން ތާރީޚެއްގައި؟
12 ޖޫން 1932

69- ދުނިޔޭގެ ތިމާވެށި ދުވަހަކީ ކޮބާ؟
ޖ. 05 ޖޫން

70- ނަސްރުގެ ދުވަހަކީ ކޮބާ؟
ޖ. 03 ނޮވެމަބަރ

71- އިންސާނީ ހައްގުތަކާ ބެހޭ ދުވަހަކީ ކޮބާ؟
ޖ. 10 ޑިސެމްބަރ

72- ދުނިޔޭގެ އެއިޑުސް އާ ބެހޭ ދުވަހަކީ ކޮބާ؟
ޖ. 01 ޑިސެމްބަރ

73- މުދައްރިސުން ގެ ދުވަހަކީ ކޮބާ؟
ޖ. 05 އޮކްޓޯބަރ

74- ބާމިއުޑާ ޓްރޭންގަލުގައި ހުންނަނީ ކިތައް އަކަ ކިލޯމީޓަރު؟
ޖ. 3900000)  ތިންމިލިޔަން ނުވަސަތޭކަ ހާސް އަކަ ކިލޯމީޓަރެވެ.   (

75- " ކީމަގޭ އިހު އެވޭލާ " މިޅެން ހެއްދެވީ ކޮން ބޭފުޅެއް؟
ޖ. އަލީ ޝަރީފުއެވެ.

76- ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައަޅަނީ ކޮންބައެއް؟
ޖ. ފީފާއިން

77- ފީފާ އުފެދުނީ ކޮން ތާރީޚެއްގައި؟
ޖ. 21 މެއި 1904 ގައި

78- ފުރަތަމަ ވޯލްޑުކަޕް ބޭއްވުނީ ފީފާ އުފެދުނުތާ ކިތައް އަހަރު ފަހުން؟
ޖ. 26 އަހަރު ފަހުންނެވެ.

79- ފުރަތަމަ ވޯލްޑު ކަޕް ބޭއްވުނީ ކޮންތާކު؟
ޖ. ދެކުނު އެމެރިކާގެ ގައުމެއްކަމުގައިވާ އުރުގުއޭގެ ވެރިރަށް މޮންޓަވީ ޑާއޯގައެވެ.

80- އޮލިމްޕިކް މުބާރާތް އިންތިޒާމް ކުރަނީ ކޮން ބައެއް؟
ޖ. އިންޓަރ ނޭޝަންލް އޮލިމްޕިކް ކޮމެޓީ ( އޯ. އައި. ސީ ) އިންނެވެ.

81- ކުޅި ޖެހުމަކީ ކޮބާ؟
ޖ. ކޮށިކޮށީގައި މީހުން ކަޑި އައްޑަނަ ނުވަތަ ހަލާދަނޑި ހިފައިގެން ހެވިކަމުގެ މަސައްކަތުގައި ވަކި ގަވައިދެއްގެމަތިން ހެލިފެލިވެ އުޅުމެވެ.

82- ކުޅިޖަހާން ފަރިތަކުރުމަށް ސަރުކާރުން ދެއްވާފައިވާ ބިމަށް ކިޔަނީ ކޮންކަމެއް؟
ޖ. " ކުޅިޖަހާ ފަސްގަނޑު " އެވެ.

83- ޒަމާނަކީ ކޮބާ؟
ޖ. ވަގުތު އަންގައި ދިނުމުގެ ގޮތުން ކަމަކަށް ގެނެވޭ ބަދަލަށް ކިޔާ ނަމެކެވެ.

84- ދުނިޔޭގެ އާބާދީ ދުވަހަކީ ކޮބާ؟
ޖ. 11 ޖުލައި

85- ރައިވަރަކީ ކޮބާ؟
ޖ. ދިވެހި ޅެންވެރިކަމުގެ އެންމެ ދުވަސްވީ އެއްވައްތަރެވެ.

86- ރައްދުވާ ކަމަކީ ކޮބާ؟
ޖ. ކަންކުރިފަރާތަށް ރައްދުވުމާއެކު އެހެންފަރާތަކަށް ވެސް ރައްދުވާ ކަންކަމެވެ.

87- ރައްދުވާ ކަމެއްގައި ކިތްއް ނަން ނުވަތަ ކިތައް ފަރާތް ވޭ ހެއްޔެވެ؟
ޖ. 02 ފަރާތެވެ.

88- ކަންކުރާއަކީ ކޮބާ؟
ޖ. ކަންކުރާއަކީ ރައްދުވާ ކަމެއްގައި ހިމެނޭ ދެފަރާތުގެ ތެރެއިން ކަންކުރާ ފަރާތެވެ.

89- ރައްދުވާ އަކީ ކޮބާ؟
ޖ. ރައްދުވާ އަކީ ރައްދުވާ ކަމެއްގައި ހިމެނޭ ދެފަރާތުގެ ތެރެއިން ރައްދުވާ ފަރާތެވެ.

90- " ވެށީގެ ގޮވުން " މިޅެން ހެއްދެވީ ކޮން ބޭފުޅެއް؟
ޖ. އަބުދުއްލަތީފް އިބުރާހިމް

91- " ސިއްހަތައްވުރެ ބޮޑު ނިއުމަތެއްވޭބާ " މިޅެން ހެއްދެވީ ކޮންބޭފުޅެއް؟
ޖ. އަލްމަރުހޫމް ޔޫސުފު މުހައްމަދުފުޅު

92- ޖުމްލަ އަކީ ކޮބާ؟
ޖ. މީހަކާމެދު ނުވަތަ ކަމަކާމެދު ނުވަތަ އެއްޗަކާ މެދު ނުވަތަ ތަނަކާމެދު ފުރިހަމަ މާނައެއް ދޭހަވާ ގޮތަށް އަތުރާލެވިފައިވާ ބަސްތަކެވެ.

93- ޖުމްލައިގައި ހިމެނެނީ ކިތައްބައި؟ އަދި އެބައިތަކަކީ ކޮބާ؟
ޖ. ޖުމަލައިގައި ހިމެނެނީ 02 ބައެވެ. އެއީ އިސްބަޔާ ޚަބަރެވެ.

94- " ގަދަވެހުރުމުގެ އަގު ވަޒަންކުރެވިއްޖެ " މިޅެން ހެއްދެވީ ކޮން ބޭފުޅެއް ހެއްޔެވެ؟
ޖ. އަލްމަރުހޫމް މުހައްމަދު ޔޫސުފު ފުޅެވެ.

95- ދުނިޔެދުށް އެންމެ މޮޅު އެއް ސިކުނޑީގެ ވެރިޔާ އަކީ ކާކު؟
ޖ. އިބުނިސީނާ އެވެ.

96- އިބުނިސީނާ އަށް ލިބިފައިވާ ލަގަބަކީ ކޮބާ؟
ޖ. އައްޝައިޚުއްރައީސް އެވެ.

97- އިބުނި ސީނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ކޮން ތާރީޚެއްގައި؟
ޖ. މީލާދީން 980 ވަނަ އަހަރުގައެވެ.

98- އިބުނިސީނާ ޑޮކުޓަރެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގެންނެވީ އުމުރުފުޅުން ކިތައް އަހަރުފުޅުގައި؟
ޖ. 16 އަހަރު

99- އިބުނި ސީނާ އަވަހާރަވީ އުމުރުފުޅުން ކިތައް އަހަރުފުޅުގައި؟
ޖ. 57 އަހަރުގައި

100- އެންމެ ފުރަތަމަ ރާއްޖެއަށް ބޮޑުބެރު ތައާރަފުކުރީ ކޮންބައެއް؟
ޖ. އެފުރިކާއިން ރާއްޖެ ގެންއި އަޅު ބަބުރުން ތަކެވެ.

101-ވޯލްޑުކަޕް ބާއްވަނީ ކިތައް އަހަރުން އެއްއަހަރު؟
ޖ. 04 އަހަރުން އެއްއަހަރު.

102- ޕޯޗުގީޒުން ރާއްޖޭގައި ވެރިކަން ކުރެއްވީ ކިތައް އަހަރު ވަންދެން ހެއްޔެވެ؟
ޖ. 17 އަހަރު ވަންދެން

103- މަލާބާރީންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވީ ކޮން ބޭފުޅެއް؟
ޖ. ދޮންބަންޑާރައިން

104- ދޮންބަންޑާރައިންގެ އަސްލު ނަންފުޅަކީ ކޮބާ؟
ޖ. އައްސުލްތާނުލް ޢާޒީ ހަސަން ޢިއްޒައްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން

105- ބޮޑުތަކުރުފާނުގެ ނަމުން މަޝްހޫރުވެވަޑައިގެންފައި ވަނި ކޮން ބޭފުޅެއް؟
ޖ. މުހައްމަދު ތަކުރުފާން

106- ޕޯޗުގީޒުންނާ ދެކޮޅަށް ހަނގުރާމައަށް ނުކުމެ ވަޑައިގަތުމަށްޓަކައި މުހައްމަދު ތަކުރުފާން ބެންނެވި އޮޑީގެ ނަމަކީ ކޮބާ؟
ޖ. ކަޅުއޮއްފުންމި

107- ގައުމީ ދުވަހަކީ ކޮންދުވަހެއް؟
ޖ. ރަބިޢުލްއައްވަލު މަހުގެ ފުރަތަމަ ދުވަސް

108- ގައުމީ ދުވަސް ފާހަގަކުރަނީ ކޮން ބޭފުޅެއްގެ ހަނދާނުގައި؟
ޖ. މުހައްމަދު ތަކުރުފާން / ބޮޑުތަކުރުފާން ގެ ހަނދާނުގައި

109- ޕޯޗުގީޒުންނާ ދެކޮޅަށް މުހައްމަދު ތަކުރުފާނާ އެއްކޮށް ހަނގުރާމައިގައި ބައިވެރިވި މުހިއްމު ބަތަލުންނަކީ ކޮބާ؟
ޖ. އަލީ ޚަތީބު ތަކުރުފާން، ހަސަން ޚަތީބު ތަކުރުފާން، ހަސަން ހާޖީ، އަލީ ހާޖީ އަދި ދުވާފަރު ދަންޑަހެލު

110- ޝަހީދުންގެ ދުވަހަކީ ކޮބާ؟
ޖ. ޝައުބާން މަހުގެ ފުރަތަމަ ދުވަސް

111- ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ކޮންބޭފުޅެއްގެ ހަނދާނުގައި؟
ޖ. އަލީރަސްގެފާން

112- ރާއްޖެ އިސްލާމްދީނަށް އެނބުރުނީ މީލާދީ ގޮތުން ކޮން ތާރީޚެއްގައި؟
ޖ. 1153 ވަނައަހަތުރު

No comments:

Post a Comment