އަދަބީބަސްތައް
1-
ހިކިފަސްތާ ބަކަ ނާޅާށެވެ.
2-
ހަލާދަނޑީގެ ދެކޮޅުބަލާށެވެ.
3-
ހިޔަންޏަށް މުޑި ނުނަގާށެވެ.
4-
ނުރޯދަރިޔަކަށް ކިރެއް ނުލިބޭނެއެވެ.
5-
ނަރެއްހައިތަން ދޫކޮށްލިއްޔާ ކެބެންހައިތަން ދަމައިގަންނާނެއެވެ.
6-
ނުފިރުކެވެނީސް ދުވަން ނޫޅޭށެވެ.
7-
ނުފޯރާފޮތިން ފޫނުގަޅާށެވެ.
8-
ރައްކާވެތިބިއްޔާ ދަތުރެއެވެ.
9-
ބަސްނުވިކޭ އޮޑީގެ ދިރުބާކޮޅަށް ނާރާށެވެ.
10-
ކަންވެ ނަންނުވިޔަސް ކަންނުވެ ނަންނުވާށެވެ.
11-
ކުޅަނދުރު ހަތަޔަށް އޮށްގާ ނޫކާށެވެ.
12-
ކަންޏާ ކުޑަ ކާއްޓެއް ނުކާށެވެ.
13-
ކުކުޅަށްވުރެ ބިސްދޮށި ނުވާށެވެ.
14-
ކާންދޭއަތުގައި ދަތްނާޅާށެވެ.
15-
ކައްޗަށް އެޅިއްޖެ ބިންގަލެއް ކެއްޗާހަމަޔަށް ނެންގަސް އޮންނާނީ ކައްޗަށެވެ.
16-
އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ.
17-
އިށީންނާނެ ގަލެއްނުބަލައި އުދުހިނުގަންނާށެވެ.
18-
އިހަންނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ.
19-
އުޅެން ނޭގުނު މިހަކަށް މިޔާންވެސް ނޭގޭނެއެވެ.
20-
އަސްވިއްކިޔަސް ލަގަން ނުވިއްކާސެވެ.
21-
އެކަކުންޏެއްގެ ހަރުކޮންނާނީ އެކަކުންޏެއްގެ ވަރުންނެވެ.
22-
އެމީހަކު ކެހި ކަނޑުލެއްގެ ހިތިފިލުވާނީ އެމީހެކެވެ.
23-
ވަޅިރީތީ ތޫނިއްޔާއެވެ. އަނބިރީތީ ހެވިއްޔާއެވެ.
24-
މިރިނުވެ ގޮބޮޅި ކާށިނުވާށެވެ.
25-
މެކުނުފުމުނަސް ގާހަކައަކަށް ނުފުމެވޭނެއެވެ.
26-
ފޫނެއްފަޔަށް ފެންނުފުރާށެވެ.
27-
ދޭމީހާދިނަސް ކާމީހާ ކާނީ ބަލައިގެންނެވެ.
28-
ތިމާފޭހުނު އިލޮށިގަނޑު ހެރޭނީ ތިމާގެ ލޮލަށެވެ.
29-
ތިމާއާއި ނުބެހޭކަމަކާ ކާޅުކެޔަސް ސޮއްނުގޮވާށެވެ.
30-
ލަދަކާހުރެ ތަދެއް ނުފިލާނެއެވެ.
31-
ގިނައޮޅި ގިރާކުރަންޏާ ގިނައަޑު އިވޭނެއެވެ.
32-
ހިތިކަނޑޫވެލެއްގެ ބުޑަށް ފެންކަމުގައި މާމުއި އެޅިޔަސް އޭގައި އަޅާއެއްޗެއް
ފޮންޏެއް ނުވާނެއެވެ.
33-
ހަކުރުދެންޏާ ބޮޑުބޭބެއެވެ.
34-
ހިނިވެސް ފަރުބަދަ ކަނޑައެވެ.
35-
ހިތްއޮންނަނީ ދެލިގަނޑެއްހެނެވެ. ކަންއޮންނާނީ ވެލިގަނޑެއްހެނެވެ.
36-
ނޮމޮށޭގުރާ ބާރަށް ދައިގަންނާނެއެވެ.
37-
ނަވަށްކުރާބާރު އެނގޭނީ ކެނބަށެވެ.
38-
ނުބީހެންޏާ ކަނޑާހަމައެވެ.
39-
ނާގާހާވިލައަކުން ފެނެން ނާންނާނެއެވެ.
40-
ނެގޭނީ ދީފައިއޮތް ބަނޑު ހަނޑުލެކެވެ.
41-
ނަސީބަކީ ކަތީބަކުދޭ އެއްޗެއްނޫނެވެ.
42-
ނަމައެއްގައި ކެކޭނެ ރިހައެއް ނޯންނާނެއެވެ.
43-
ރޯކޭލޭ ބުނީމާ ދެތަލި ތަތްލަވާހެން ހީވާނެއެވެ.
44-
ރޯހަމެއް ނުފެޅޭނެއެވެ.
45-
ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއެވެ.
46-
ރާވެރިއެއްގެ ދަރިއަކަސްވެސް ހަތަރެތިން އެކަތި ވާނެއެވެ.
47-
ބޮދެތި އެއްޗިއްސަށް ބޮޑެތި ރާޅެވެ. ކުދި އެއްޗެއްސަށް ކުދިރާޅެވެ.
48-
ބޮއްކުރާދޮށަކަށް އޮޑިއެއް ނުކަނބާނެއެވެ.
49-
ބެޔަސް ނުބެޔަސް ނަންވާނީ ހައިވަކަރު އޮޑިއެވެ.
50-
ބޭރުންދާ އޮޑިޔަކަށް ނިވަލެއް ނޯންނާނެއެވެ.
51-
ބޭރުންދާ އޮޑިޔަކަށް ނިމައެއް ނޯންނާނެއެވެ.
52-
ބޮޑުދެގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާނެއެވެ.
53-
ބައިމަސް ބަޔަށް ދުވާނެއެވެ.
54-
ބުރުންފަޅާނީ ބުރެއެވެ.
55-
ބުޅި ކެނޑޭނީ ކެޔޮޅުން އަތުންނެވެ.
56-
ބެދޭމަޅިއެއް ނުފެންނާނެއެވެ.
57-
ބަޅެއްގެ ނަގޫ ސަންފާއޮނަކަށް ލާފައި އޮތަސް ތެދެއްނުވާނެއެވެ.
58-
ކިތަންމެވަރަކަށް ދޮންކުރިޔަސް ދުބުނރިއެއް އަނބަކަށް ނުވާނެއެވެ.
59-
ކަނބުރުގެއަކަށް ވަނިއްޔާ އަޅިބުރާނެއެވެ.
60-
ކެޔޮކޭވަރު އެނގޭނީ ބިތުފަންގިނެގީމައެވެ.
61-
ކާށިކެވޭނީ ދަތްހުއްޓައެވެ.
62-
ކުޑަގަހަކަށްވުރެ ބޮޑުގަހެއްގެހިޔާ ބޮދުވާނެއެވެ.
63-
ކުކުޅުފައި ދަށުވެ ފިޔޮކެއް މަރެއްނުވާނެއެވެ.
64-
ކައިފިއެއްޗަކާ ބޭރިވެސް ނުމޮށޭނެއެވެ.
65-
އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއެވެ.
66-
އަތެއްއޮތަކަސް ބަތެއް ނުކެވޭނެއެވެ.
67-
އެކަނި އެއްދަރުގަނޑެއް ނާދާނެއެވެ.
68-
އެއްފުޅަންމަތިން ފުންމާލި ބަކަރި އަނެއްފުޅަންމަތިން ފުންމާލާނެއެވެ.
69-
އެއްތުނޑި ވޮޑެންޏާ އަނެއްތުނޑި ގިރާނެއެވެ.
70-
އަތޮޅުވެރިންނަށް ހިތްޕެވޭނީ ވަލުގައެވެ.
71-
އަހިވަކާޖެހި އަހިވަށް ފާވާނެއެވެ.
72-
އަޑުގަދަ މީހާގެ ރުއްގިނަ ވާނެއެވެ.
73-
އެއްއަތް ތެޅިއަކަސް އަޑެއް ނުކިޔާނެއެވެ.
74-
އެއްކޮޅަށް ދެމިޔަކަސް ވާނެއް ނުވާނެއެވެ.
75-
އިރުހުއްޓާ ހަނދުގެ އަލިކަމެއް ނުފެންނާނެއެވެ.
76-
އެއްއުރައެއްގައި ދެ ކަނޑިއަކަށް ނޯވެވޭނެއެވެ.
77-
އަތުއޮތް ފޮށާ އަނދެވިދާނެއެވެ.
78-
އިހަށް ދޮންވިފަތެއް އިހަށް ވެއްޓޭނެއެވެ.
79-
ވަޑިންގެއަކު ދޮރެއް ނުހުންނާނެއެވެ.
80-
ވަގަކަށް ހާސްދުވަހެއެވެ. ވެރިޔަކަށް އެއްދުވަހެއެވެ.
81-
ވަގުންގެ ވަށި ބާރަށް ބަންނާނެއެވެ.
82-
ވަޅުގައި އޮންނަ ބޮއް ބޯވަރެއް ނޭގޭނެއެވެ.
83-
ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނެއެވެ.
84-
ވަކަރުގަނޑު މާވަޑިޔާގެ ހިތެކެވެ. ނިޔާ ފަނޑިޔާރާގެ ހިތެކެވެ.
85-
މޫދުގަލަކަށް މަހެއްވެއެވެ.
86-
މަހެއްފަހާލާ ވަރުގެ މަހެއް ހުރެދާނެއެވެ.
87-
މީދަލަކަށް ދުވަހެއް އައިއްޔާ ހިކަންޖަކަށްވެސް ދުވަހެއް އަންނާނެއެވެ.
88-
ލިޔާމީހެކޭ ދަމާމީހެކޭ އެއްވަރެއެވެ.
89-
ފުރިފައިހުރި އެއްޗެއް ގުޑުގުޑެއް ނާލާނެއެވެ.
90-
ފާނަ އޮންނާނީ ގާދަށުގައެވެ.
91-
ފަހުންކިޔާ މާލޫދު މޮޅުވާނެއެވެ.
92-
ދުނިޔެހިނގަނީ ތޮށަލި ދުޅައަށެވެ.
93-
ދުވާމަހެއްގެ ނިގުލުގައި ނުހިފޭނެއެވެ.
94-
ދައިގަންނާނެ ކުއްތާއެއް ވައްވަކެއް ނުޖަހާނެއެވެ.
95-
ދަތުރުފެންނާނީ ފުރީމައެވެ.
96-
ތިމާގެދަރި ތިމާއަށް ދޮންފުތުވާނެއެވެ.
97-
ލައްގާނީ ލައްގާ ހުރަޔަށެވެ.
98-
ލަނޑަޔާވާނީ ލަނޑަޔާއަށެވެ.
99-
ގިނިދުށްމީހާ ރަތްމަލަށް ބިރުގަންނާނެއެވެ.
100-
ގެންފައިދާނީ ފަލަމަހެއެވެ.
101-
ގެރިއަށް އޮށްގާ އުކާނީ ތެޔޮޅުވާ ކުދިންނެވެ.
102-
ނާލަފުށީ ފަޤީރަށް ގެރިދިންގޮތް
103-
ރައިވަރު ފުރެތަ
104-
ރީނދުލުގެ ނަސީބު
105-
ރުއްކޮށީ ކުޑަކޮއިގެ ނިޔަދުރު
106-
ބޭކޮރަކަސް ކޭމެއް ކޮރެއްނުވާނެއެވެ.
107-
ބޮޑުސޮރު އާބަކުރުގެ ކަށިކޭލަށް
108-
ބަންޑާރަ ހަސަނަށް މޫދު ހިތަކަށް ލިބުނުހެން
109-
ބަނޑިތަކުރު ވިހޭރޭ އަލަފަތް އައިހެން
110-
ބަނޑިތަކުރުގެ އަންހެނުން ވިހޭރޭ އަލަފަތް އައިގެން
111-
ބިހިއޮޑިޔަށް ވާހަކަ ގޮވުން
112-
ބުރުދާ ގާއިމުކުރުން
113-
ކޮޑުއޮތްފުރޯ ވަލުންހޯދުން
114-
ކުޑަތުއްތުދީދީގެ މޮހޮރަށް
115-
ކުރަމަތީ ހަލީމާފުޅުގެ ގަދަރޯދި
116-
ކަދުރު ރުކަކަށް އެރިމީހާގެ ނަދުރު
117-
ކާޅުގުއި ބަންގާޅަށް ދިއުން
118-
ކުއްޅަވަށްފަލު ރަނިން
119-
ކަދުރުއަލީގެ ނަދުރު
120-
ކަޅުފުށީ ކަލޭގެ ޖެހި ކޮކަޑި
121-
ކަނދިކަމަނާގެ މަސްތެލުން
122-
އަނދިރިމީހަކަށް ދިރި ހަނޑޫ ދެއްކުން
123-
އޮޑިމަތީ އޮޑި
124-
އުޑިކިބަ ފިލުން
125-
އަނދިރިފުތުގެ މަސްވަޅި
126-
އިއްތަފޫކައިގެން ދަންބީލަ އަރާއިންހެން
127-
އަމާކީތީ ފަރަށްދިއުން
128-
ވަރުހުންނަނީ ވަނާޖުބޭސާކލުނޫން: ފައިސާގައި
129-
ވިދާޅުވިގޮތެއް – ބަނޑަށްވިއްޔާ ބަނޑަށް
130-
މޮޔަހަސަނަށް އަމާފެނިގެން އުޅޭހެން
131-
މޮހޮނަށް ދޯނިދިންގޮތް
132-
މާކަންނެތާ ފޮޑަރު
133-
މީގޮނަ ވަގާ ނިމިދިޔަގޮތްހެން
134-
މުޅިއޮޑީގައި ހަސަނުގެ ދެފައި
135-
ފިޔަލަބޮލަށް ނާދުއްވުން/ ފިޔަލަބޮލަށް އޮޑިދުއްވުން
136-
ފެންކައްކާބޮލީގެ އިއްޒަތް
137-
ދަނޑިފައިދޮން ހަސަނު
138-
ދެބޮދޫނި ދުނިޔެއަޅާ ދިޔަހެން
139-
ތޮށަލިތަކުރާއި ޖެހުނު ވިގަނި
140-
ތާޅަފިލި އޮޑީގެ ދުވެލި
141-
ތުނޑުހަސަނާ ޖެހުނު މީދާ
142-
ލޮނުގޮއްޔެ ތަރުތީބު ކިޔުން
143-
ގޮއިބެ އޮޑީގައި ހަކުރުދަމާފައި އޮތްހެން
144-
ގަމުމީހުންގެ އަލަޔަށް
145-
ޤަދުސަމި މިހައިވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެހެއްޔެވެ.
146-
ޔަހުޔާގެ ކާޅުހިފުން
147-
އުތީމް ތިންބަދަވިން
148-
ދިވެހިއަދަބުގެ ފަތިހުގެ ތަރި
149-
ވާހަކަދެއްކުންތެރިކަމުގެ ރިހިދޫ
150-
ޤައުމުގެ ނަވުގެ ކުޅަދާނަ މާލިމީ
151-
ރަންއަޑުގެ ވެރިޔާ
152-
ސިޔާސީ ރޮނގުން ކުޅަދާނަ މޭސްތިރިން
153-
ތެޔޮނާށި ކާޅު ގެންގޮސްފި
154-
ނެގިގާގަނޑަށް ބޮލިއެރުން
155-
ވަށަފަރުމީހުން އުނބައްޖަހައިފި
156-
ކުއްޅަވަސްފަލު ރަނިން
157-
ދެބޯގެރި ދުއްވިމީހާ އެންމެފަހުންވީ ބޭޒާރެވެ.
158-
އޭނާ ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރައްވައިފިއެވެ.
159-
ޤާހިރާއަކީ އަރަބިދުނިޔޭގެ ހިތެވެ.
160-
މާލެއަކީ ދިވެހިން އެރަށަކަށްޓަކައި ފަޚުރުވެރިވާ ދިވެހިރާއްޖޭގެ މޫނުބަލާ
ލޯގަނޑެއެވެ.
161-
އޭނާ މި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ
162-
ހަނދެއްފަދަ މޫނު
163-
އަހިފަތެއްހައި ލުއި
164-
އަންނާރުއޮށްފަދަ ދަތްތަކެއް
165-
ހިމަލޯލި އިނގިލިތަކެއް
166-
ފިނިފެންމަލުގެ ފިޔަފަދަ ތުންފަތެއް
167-
ޖަންބުމަލެއްފަދަ ކޯތާފަތެއް
168-
ކުރަނގި ދެލޯ
169-
ގިޔުޅި އަތުކުރި
170-
ހިތިފަތު ބުމަ
އަޅުގަނގު ބުނާގޮތުަގަ މީ ވަރަށް ރަނގަޅު ކަމެއް އިންޝާﷲ
ReplyDelete